ފިލައިގެން އުޅޭ ގޭންގެއްްގެ ލީޑަރަކު 16 އަހަރު ފަހުން ހައްޔަރުކުރީ ކައްކާއެއްްގެ ގޮތުގައި މަސައްކަތްކުރަނިކޮށް

2006 ވަނަ އަހަރުން ފެށިގެން ފުލުހުންނަށް ފިލައިގެން އުޅުނު އިޓަލީގެ ގޭންްގަކަށް ނިސްބަތްވާ މީހަކު ފްރާންސްގައި ހުއްޓާ ހައްޔަރުކޮށްފިއެވެ. އޭނާ އަތުލައިގެންްފައި ވަނީ ޕިއްޒާ ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށްްވެސް ރިޕޯޓުތައް ބުނެއެވެ.

ސެއިންޓް އެޓިއެންގައި އެޑްގާޑޯ ގްރީކޯ އަތުލައިގަތުމަކީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ހައި ޕްރޮފައިލް މާފިއާއެއް ހައްޔަރުކުރި ދެވަނަ ފަހަރެވެ.

މީގެ ކުރިން ވަނީ، މަޓިއޯ މެސީނާ ޑެނާރޯ ނަމަކަށް ކިޔާ ގޭންްގު ލީޑަރަކު، ފިލައިގެން އުޅޭތާ 30 އަހަރު ފަހުން ސިސިލީގެ ކްލިނިކަކަށް ޒިޔާރަތްކުރި ތަނުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ދެ މީހުންނަކީ ވެސް  ގަސްދުގައި މީހުން މެރުމުގެ ކުށުގައި ހޯދަމުން ދިޔަ ދެ މީހުންނެވެ.

މެސީނާ ޑެނާރޯ އަކީ ސިސިލީގެ މަޝްހޫރު ކޯސާ ނޯސްޓްރާގެ "ބޮސް އޮފް ބޮސެސް" ކަމަށް ވާއިރު، ގްރީކޯ އަކީ އިޓަލީގެ ޑީޕް ސައުތުގެ ކެލަބްރިއާ ސަރަހައްދުން އުފެދުނު "އެންޑްރަންގެޓާ އޯގަނައިޒްޑް ކްރައިމް މޮބް" ގައި ހިމެނޭ މީހެކެވެ.

"އެންޑްރަންގެޓާ" އަކީ މިހާރު އިޓަލީގެ އެންމެ ބާރުގަދަ މާފިއާ ކަމަށާއި އެ މީހުންގެ އެކި ގުރޫޕުތައް ޔޫރަޕާއި ދެކުނު އެމެރިކާގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 63 އަހަރުގެ ގްރީކޯ އަކީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު ދެ ގޭންގުގެ މެދުގައި ހިނގި "މާފިއާ ހަނގުރާމައެއްގައި" ދެބެއިން މަރާލި ކަމުގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހެކެވެ.

ދެބެއިން ކަމަށްވާ ސްޓެފާނޯ އާއި ޖިއުސެއްޕޭ ބާޓޮލޮމިއޯ މަރާލާފައިވަނީ 1991 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކޮސެންޒާގެ ކުޑަ އަވަށެއްގައި ގަޔަށް ބަޑި ޖަހައިގެންނެވެ. އެދެމީހުންގެ ހަށިގަނޑުތައް ފެނިފައިނުވާއިރު، ބެލެވޭ ގޮތުގައި އެމީހުންގެ ހަށިތައް ނައްތާލާފައިވަނީ އެސިޑް ބޭނުންކޮށްގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމައްސަލައާ ގުޅިގެން 2006 ވަނަ އަހަރު، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރުމުން ގްރީކޯ ވަނީ ފިލައިގެން ގޮސްފައެެވެ.

އޭގެ އަށް އަހަރު ފަހުން ލިޔޯންގެ ހުޅަނގު ދެކުނުގައި އޮންނަ ފްރާންސްގެ ސިޓީއެއް ކަމަށްވާ ސެއިންޓް އެޓިއެންގައި ވަޒަންވެރިވެ، އެންމެ ފަހުން އިޓަލީގެ ރެސްޓޯރެންޓެއްގައި ޕިއްޒާއޯލޯގެ ވަޒީފާ އަދާކުރަން އޭނާ ފެށިއެވެ.

އަދި އޭނާގެ ނަމާއި އެހެނިހެން މައުލޫމާތު އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާ ފަހުން ބަދަލުކުރި ނަމަކީ ޕައޮލޯ ޑިމިޓްރިއޯ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާއަށް މިހާރު ވަނީ އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް