
rejected-man-sues-21-2 copy
ސިންގަޕޫރުގައި ފިރިހެނަކު އޭނާއާ ޑޭޓްްކުރަން ދެކޮޅު ހެދި އަންހެނަކާ ދެކޮޅަށް ދެ ދައުވާއެއް ހުށަހަޅައިފިއެވެ. އޭނާ ކޮށްފައިވަ ދައުވާގައި ބުނެފައިވާ ގޮތުގައި އެއަންހެން މީހާ ބޭނުންވަނީ ހަމައެކަނި ރަޙްމަތްތެރިކަން ކަމަށާއި، އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅެން ބޭނުން ނުވުމުން އޭނާއަށް "އިމޯޝަނަލް ޓްރޯމާ" އެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކޭ ކައުޝިގަން ނަމަކަށް ކިޔާ މި މީހާ ވަނީ، އޭނާގެ ލޯބީގެ ހުށަހެޅުމަށް އިންކާރު ކުރުމުން ނޯރާ ޓަން ކިޔާ އަންހެނަކަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދިނެވެ. އަދި އަންހެން މީހާ، އެދެމީހުން އެކުގައި ކައުންސެލިން ސެޝަންތަކެއް ނެގުމަށްް އެއްބަސްވުމުން ދައުވާ ކުރުން މަޑުޖައްސާލިއެވެ. އެގޮތުން އެއަންހެންް މީހާ ވަނީ އޭނާއާއެކު އަހަރަކާއި ހަމަސް ވަންދެން ދެމީހުން އެކުގައި ތެރަޕީ ޝެޝަންްތަކުގައި ބައިވެރިވެފައެވެ.
ޑްރޯން ކުންފުނި ޑީ1 ރޭސިންގެ ޑިރެކްޓަރެއް ކަމަށްވާ ކައުޝިގަންއާ 2016 ވަނަ އަހަރު ބައްދަލުވި ޓޭން އޭނާގެ ލޯބީގެ ހުށަހެޅުންތަކަށް އިންކާރުކޮށް، އެންމެ ފަހުން އޭނާއާ ގުޅުން ކަނޑާލުމުން އޭނާ ވަނީ ދެ ދައުވާ ހުށަހަޅާފައެވެ.
އެއް ދައުވާގައިވަނީ 2.3 މިލިއަން ޑޮލަރު ހޯދުމަށް ހައިކޯޓަށް ހުށަހަޅާފައެވެ. އެގޮތުން އޭނާގެ އަގު ވައްޓާލުމާއި އޭނާގެ ދިރިއުޅުމަށް "ޓްރޯމާ، ޑިޕްރެޝަން އަދި އިމްޕެކްޓްސް" ކުރި ކަމުގެ ތުހުމަގު އޭނާ ވަނީ ކޮށްފައެެވެ.
އަދި ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅީ އެދެމީހުންގެ ގުޅުން ބަދަހި ކުރުމަށް ނަގަމުންދިޔަ ކައުންސެލިން ސެޝަންތަކަށް ދިއުން ހުއްޓާލުމާއި ގުޅިގެން ބަދަލުގެ ގޮތުގައި 16،700 ޑޮލަރު ހޯދުމަށެވެ.
އޭގެ ފަހުން ޑެޕިއުޓީ ރެޖިސްޓްރާ ލުވިސް ޓޭން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. އޭނާ ވަނީ އެ މައްސަލަ އަކީ "ފާޅުކަން ބޮޑު ގޮތެއްގައި އަސާސެއް ނެތް އަދި ބިންގަލެއް ނެތް" ދައުވާއެއް ކަމަށް ސިފަކުރައްވައި، ޓޭންގެ ކިބައިން ކަވްޝިގަން "އެންގޭޖްމަންޓަށް މަޖުބޫރު ކުރުވުމަށް" ކުރި މަސައްކަތަށް އެ ކޯޓަކީ އެކްސެސަރީއަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޯޓުން ނިންމީ 2016 ވަނަ އަހަރު ބައްދަލުވުމަށްފަހު ދެމީހުން ރަޙްމަތްތެރިންގެ ގޮތުގައި އުޅުނު ނަމަވެސް 2020 ވަނަ އަހަރު އެ ދެމީހުންގެ ގުޅުން ރޫޅިގެން ދިޔައީ އެ ދެމީހުންގެ ގުޅުމުގެ ބާވަތާ މެދު ކޮންމެވެސް ވަރެއްގެ އޮޅުމެއް އުފެދުމުން އެއީ ލޯބި ކަމަށް ކައުޝިގަން ގަބޫލުކުރާތީ އެވެ.