މަތިވެރިން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ – ފުލުހުން

އއ މަތިވެރިން ގެއްލިގެން ހޯދަމުންދާ ޙަސަން ޢަލީ

އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ އއ. މަތިވެރި / ރިވެލި ، ޙަސަން ޢަލީ (73އ)އެވެ. ޙަސަން އަލީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ފެބުރުވަރީ 1 ވަނަ ދުވަހުގެ 09:37 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ، ޙަސަން އަލީ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށާއި، މިހާތަނަށް ކުުރިމަސައްކަތުން އޭނާ ފެނިފައެއްނުވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ޙަސަން ޢަލީ އެންމެ ފަހުން ފެނިފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހުގެ 10:30 ހާއިރުކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ.

އަދި އޭނާ ހޯދުމަށް ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކޮށްފައިވާ ކަމަށާއި، އަދި ފުލުހުންނާއި ސިފައިން ގުޅިގެން ރަށުގެ ފަޅުތެރެ ބަލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޙަސަން ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރ 3322111 އަށް ނުވަތަ މަތިވެރި ޕޮލިސް ސްޓޭޝަން ނަންބަރ 9994875 ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް