logoEN
cocacola
ވޯލްޑް މެރިޓައިމް ޔުނިވާސިޓީގެ ކޯސްތަކެއް ރާއްޖޭގައި ހިންގަނީ

ވޯލްޑް މެރިޓައިމް ޔުނިވާސިޓީގެ ކޯސްތަކެއް ރާއްޖޭގައި ހިންގަނީ

އައިޝަތު އިފާޝާ

logo

2/3/2023, 7:00:35 AM

big_qUEK1CXQy5vOzcEtpln4cMHJv

މެރިޓައިމް ސިނާއަތުގައި މީހުން ބިނާކުރުމަށް ވޯލްޑް މެރިޓައިމް ޔުނިވާސިޓީގެ ކުރު ކޯސްތަކެއް ރާއްޖޭގައި ހިންގުމަށް ނިންމައިފިއެވެ.

ގޮސިޔާ

އެ ޔުނިވާސިޓީން މިގޮތަށް ނިންމެވީ، އެ ޔުނިވާސިޓީއާއި، ރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއާއި ދެމެދު ކުރެއްވި މަޝްވަރާތަކުގައެވެ. ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށްޓަކައި ވޯލްޑް މެރިޓައިމް ޔުނިވާސިޓީއައި އެކު މި މަޝްވަރާތައް ބާއްވާފައިވަނީ އޮންލައިންކޮށެވެ. މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް ޣަނީ އާއި، ކަމާބެހޭ އިސް ބޭފުޅުންނާއި، ވޯލްޑް މެރިޓައިމް ޔުނިވާސިޓީގެ ރައީސު ޑޮކްޓަރ ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ އަދި ނައިބް ރައީސު ޕްރޮފެސަރ މާ ޝުއޯ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރު ކޯސްތައް ހިންގަވައި ދެއްވާނެކަމަށާއި، އެގޮތުން އީ-ލާނިން ޕްލެޓްފޯމް ބޭނުންކުރެވޭނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެކަމަށް އެ ޔުނިވާސިޓީގެ ރައީސް ވިދާޅުވިއެވެ. އަދި ވޯލްޑް މެރިޓައިމް ޔުނިވާސިޓީން ކުރިޔަށް ގެންދާ 50 ވުރެ ގިނަ ކުރު ކޯސްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކުރު ކޯސްތައް ހިންގުމަށް ކަމުގެ ތަޖްރިބާކާރު ބޭފުޅުން ފޮނުވައްވައި ދެއްވާނަކަން މިބައްދަލުވުމުގައި ހާމަކުރެއްވިއެވެ.

މީގެކުރިން އެ ޔުނިވާސިޓީއިން ދިވެހިރާއްޖޭގެ 15 މީހަކު ތައުލީމު ހާސިލުކޯށް، ޚިދުމަތްކުރައްވަމުން ގެންދަވާކަމަށާއި، މިހާރުވެސް އެ ޔުނިވާސިޓީގައި ދިވެހިރާއްޖޭގެ 2 ދަރިވަރަކު ސްކޮލާޝިޕްގެ ތެރެއިން ކިޔަވަމުންދާކަމަށް ވޯލްޑް މެރިޓައިމް ޔުނިވާސިޓީން ވިދާޅުވިއެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި ޕޯސްޓް ގްރެޖުއޭޓް ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.

1980 ގެ އަހަރުތަކުގެ ކުރީކޮޅު، ޚާއްޞަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގައި، ޤާބިލު، ކަނޑާއިގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާކާރުންގެ ދަތިކަން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ ތެރޭގައި ހުރިކަން ފާހަގަކުރެވުމާއި ގުޅިން 1983 ވަނަ އަހަރު އައި.އެމް.އޯ އިން ވޯލްޑް މެރިޓައިމް ޔުނިވާސިޓީ (ޑަބްލިޔު.އެމް.ޔޫ) އުފެއްދެވިއެވެ. މި ޔުނިވާސިޓީ އަކީ ސްވިޑެންގައި ގާއިމްކޮށްފައިވާ ޔުނިވާސިޓީއެކެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑަބްލިޔު.އެމް.ޔޫ ނިންމާފައިވާ ދަރިވަރުން ދަނީ ކަނޑުގެ ދާއިރާގައި މަސައްކަތްކުރަމުންނެވެ. ޑަބްލިޔު.އެމްޔޫ.ގެ ކުރީގެ ދަރިވަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓްރީތަކުގައި، ޝިޕިން ކުންފުނިތަކާއި ބަނދަރުތަކުގެ ޑިރެކްޓަރުންގެ މަގާމުތަކާއި، މެރިޓައިމް އެކަޑަމީތަކާއި ކަނޑުގެ ސިފައިންގެ ޖަމިއްޔާތަކުގެ އިސްވެރިންގެ މަގާމުތައް އަދާކުރައްވާ ބޭފުޅުންނެވެ. ދިވެހިރާއްޖޭގައިވެސް ގާނޫނީ ދާއިރާގައި ބަނދަރު ހިންގުމުގެ ދާއިރާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އިންޝޫރަންސްއާއި ގުޅޭ ދާއިރާތަކުގައި އަދި މެރިޓައިމް އިންޑަސްޓްރީގެ އެހެނިހެން ވަޒީފާތަކުގައި އެ ޔުނިވާސިޓީއިން ތައުލީމު ހާސިލުކުރައްވާފައި ތިއްބެވި ބޭފުޅުން ދަނީ ގައުމަށް ޚިދުމަތް ކުރައްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ