logoEN
cocacola
ވިނަރެސް ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފި

ވިނަރެސް ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފި

އައިޝަތު އިފާޝާ

logo

2/3/2023, 8:00:56 AM

l_2022_06_08_034536_4bapt2s89yiu6fqedz3lxgmkhj5ownc71vr_EN_

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "ވިނަރެސް" ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފިއެވެ.

ގޮސިޔާ

ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާންމުކޮށްފައިމިވަނީ، ވަގުތީ ލިސްޓް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޢާންމުކުރުމަށްފަހު ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތަށްފަހު އެ ލިސްޓު މުރާޖަޢާކުރުމަށްފަހުއެވެ.

ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓްތަކެކެވެ.

އެޗްޑީސީން ވިދާޅުވީ، ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ސީލައިފް، ހިޔާ އަދި ގުޅީފަޅު ކެޓެގަރީގެ އެއްވެސް ފަރާތެއް ނުހިމެނޭނެކަމަށެވެ. މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވޭނީ އެންމެ ފޯމަކާއެކުކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި ދެމަފިރިން ވަކިން ފޯމު ހުށައަޅާފައިވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުޞަތުކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެހެންކަމުން އެކަން ހައްލުކުރުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ވިނަރެސް ހައުސިންގ މަޝްރޫޢުއިން އެޕާޓްމަންޓް ގަތުމުގެ ކުރިއަށް އޮތް މަރުހަލާއަކީ، ޢާންމު އުސޫލުގެ ދަށުން އަލަށް ޝަރުތުހަމަވެފައިވާ ފަރާތްތަކުގެ މާލީ ޤާބިލިއްޔަތުކަން ބެލުމަށް ލިޔެކިޔުންތައް ހަމަކުރުމުގެ މަރުހަލާކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި މި މަރުހަލާ ފުރިހަމަވުމުން ބުކިންގ ފީނެގުމާއި، ވިނަރެސް އެޕާޓްމަންޓް އިޚްތިޔާރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

އެޕާޓްމަންޓް އިޚްތިޔާރުކުރުމަށްފަހު، ލީސް-ޓު-އޯން އަދި ފުލް ޕޭމަންޓް މޮޑެލް ޚިޔާރުކޮށްފައިވާ ފަރާތްތައް، އެޗްޑީސީން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މާލީ ޤާބިލިއްޔަތުކަން ކަށަވަރުކުރުމަށް ތާރޑްޕާޓީއެއް މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި އެ ޕޭމަންޓް މޮޑެލްތައް ޚިޔާރުކުރި ފަރާތްތަކަށް ވިނަރެސް އެޕާޓްމަންޓް ކަށަވަރުވާނީ، ހުށައަޅާފައިވާ ލިޔެކިޔުންތައް ބެލުމަށްފަހު އެޗްޑީސީން މާލީ ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ފުރިހަމަވާކަން ތާރޑްޕާޓީ އިވެލުއޭޓަރުން ނިންމުމުންކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މީގެއިތުރުން، އެންޑް ޔޫސަރ މޮޑެލް ޚިޔާރުކުރޮށްފައިވާ ފަރަތްތަކަށް ބުކިންގ ފީ ދައްކާ އެޕާޓްމަންޓް އިޚްތިޔާރުކުރުމުގެ މަރުހަލާ ނިމުމުން، މާލީ އިދާރާތަކަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކާއި ހިއްސާކުރާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި މި ޕޭމަންޓް މޮޑެލްގެ ދަށުން ވިނަރެސް އެޕާޓްމަންޓް ކަށަވަރުވާނީ މާލީ އިދާރާއަކުން ލޯނު ހަމަޖެހުނުކަމުގެ ލިޔުން އެ ކޯޕަރޭޝަނަށް ހުށައެޅުމުންކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

"އެހެންކަމުން މިކަމާ ގުޅޭގޮތުން ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފޯނުގެ ޒަރީއާއިން 3353535 ނަންބަރުން މިކޯރޭޝަނުން ގުޅާނެކަމުގައި ދަންނަވަމެވެ." އެޗްޑީސީން ނެރުނު ބަޔާނުގައިވެއެވެ. އެޗްޑީސީން ވިދާޅުވީ އެނަންބަރު ނޫން އެހެން އެއްވެސް ނަންބަރަކުން ނުގުޅާނެކަމަށެވެ. އަދި އެސްއެމްއެސްވެސް ނުފޮނުވާނެކަމަށެވެ.

ވިނަރެސް މަޝްރޫޢުގެ ދަށުން ފްލެޓްތައް ތަރައްޤީކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ކޮންމެ ޓަވަރެއްގައިވެސް ޕާކިންގ، ސެކިއުރިޓީ، ސީ.ސީ.ޓީ.ވީ، ފަޔަރ އެންޑް ސޭފްޓީ، ގާބޭޖް ޝޫޓް ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓުގެ ޚިދުމަތް ލިބެންހުންނާނެއެވެ. މިއިން ކޮންމެ ޓަވަރެއްގެވެސް ފުރަތަމަ 2 ފަންގިފިލާ ޚާއްސަކޮށްފައިވަނީ ކޮމަރޝަލް ސްޕޭސްގެގޮތުގައެވެ. އެހެންކަމުން މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނާނީ 3 ވަނަ ފަންގިފިލާއިން ފެށިގެން މައްޗަށެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.5 މިލިއަނާއި 3.047 މިލިއަން ރުފިޔާއާ ދެމެދުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ