logoEN
cocacola
އުމުރުން 6 އަހަރުގެ ދަރިފުޅު ބައްޕަގެ ކްރެޑިޓް ކާޑުން 1،000 ޑޮލަރުގެ ކާނާ އޯޑަރުކޮށްފި

އުމުރުން 6 އަހަރުގެ ދަރިފުޅު ބައްޕަގެ ކްރެޑިޓް ކާޑުން 1،000 ޑޮލަރުގެ ކާނާ އޯޑަރުކޮށްފި

އައިޝަތު އިފާޝާ

logo

2/2/2023, 10:03:25 PM

resize copy

އުމުރުން 6 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އޭނާގެ ބައްޕަގެ ފޯނުން 1،000 ޑޮލަރަށްވުރެ އަގުހުރި ކާނާގެ އޯޑަރުތަކެއް ކޮށްފިއެވެ.

ގޮސިޔާ

މިޝިގަންގެ ޗެސްޓާފީލްޑަށް ނިސްބަތްވާ އުމުރުން 6 އަހަރުގެ މޭސަން، އަތަށް އޭނާގެ ބައްޕަ ފޯނުދިނީ ނިދުމުގެ ކުރިން ރައިމްސް އާއި ކާޓޫން ބަލަންވެގެންނެވެ. ނަމަވެސް ބައްޕައަށް ފަހުން ލިބުނީ މާ ބޮޑު ޝޮކެކެވެ.

ދަރިފުޅު ނިންދަވަން އުޅެނިކޮށް ކުއްލިއަކަށް ގެޔަށް މީހަކު އެއްޗެއް ޑެލިވަރީ ކުރަން އައީއެވެ. ބޮޑު ފޮށިގަނޑެއް ބަހައްޓާފައި ދޮރުގައި ޓަކި ދިނުމަށްްފަހު އެމީހާ ދިޔައީއެވެ. އެއީ އަނބިމީހާ އޯޑަރު ކުުރި އެއްޗެއްް ކަމަށް ބަލައި ފޮށިގަނޑު އެތެރެ ކުރުމަށްފަހު އަނެއްކާވެސްް ދަރިފުޅު ނިންދަވަން ދިޔައީއެވެ.

މަންމަ ފިލްމެއް ބަލަން ދިއުމުން އެރޭ ދަރިފުޅު ނިންދަވަން އެރުވީ ބައްޕައެވެ. ނަމަވެސް އަނެއްކާވެސް ދޮރުގެ ރަގަބީލު ޖެހި އަޑަށް ބައްޕަ ނުކުތީއެވެ. ނުކުތް އިރު އަނެއްކާވެސް އެހެން އެއްޗެއް ޑެލިވަރީ ކުރަން އައީއެވެ. އޭގެ ފަހުން ކާރަކަށްފަހު ކާރެކެވެ.

ބައްޕައަށްް އެހިސާބުން ކޮންމެވެސް ގޯހެއް އުޅޭހެން ހީވެގެން އޭނާގެ ފޯނު ބެލިއެވެ. ބެލިއިރު ކަމަކުދާކަށްް ނެތެވެ. އޭނާގެ އެކައުންޓުން ފައިސާ ކެނޑެނީއެވެ. ރެސްޓޯރެންޓުތަކުން އޭނާ ކޮށްފައިވާ އޯޑަރުތައް ނިމެމުންދާ ކަމާއި ޑެލިވަރީ ކުރަމުންދާ ކަމުގެ މެސެޖު އަންނަމުންދިޔައެވެ.

އެހިސާބުން އަވަހަށް ދަރިފުޅު ކައިރިއަށް ގޮސް ސުވާލު ކުރިއެވެ. ބައްޕަގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ދަރިފުޅު ކޮށްލީ ސުވާލެކެވެ. "އަދިވެސް ޕެޕަރޯނީ ޕިއްޒާ ނާދޭތަ ބައްޕާ!" ދަރިފުޅު ސުވާލުކުރިއެވެ.

ބައްޕަ ކިޔާނެ އިތުރު އެއްޗެއް ނެތުމުން ކޮޓަރިން ނުކުމެގެން ދިޔައީއެވެ. އަދި އެވާހަކަ އޭނާ ވަނީ މީޑީއާއާ ހިއްސާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ