logoEN
ޕީއެންސީ 2
ލީގު ތާވަލުގެ ކުރީގައި ބާސެލޯނާއިން ތަފާތުބޮޑުކުރަނީ!

ލީގު ތާވަލުގެ ކުރީގައި ބާސެލޯނާއިން ތަފާތުބޮޑުކުރަނީ!

ހަސަން ޝަމްއޫން

logo

2/2/2023, 5:05:55 PM

z29087548IER

ސްޕެނިޝް ލަލީގާގައި ރޭ ރަށުންބޭރުގައި ރެއާލް ބެޓިސް 2-1 ގެ ނަތީއްޖާއަކުން ބަލިކޮށް ލާލީގާ ތާވަލުގެ އެއްވަނާގައި ބާސެލޯނާއިން 8 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ޝަރީ 2024

ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ބާސާގެ ބުރެޒިލް ފޯވާޑް ރަފީނިއާ އެޓީމަށް ލަނޑެއްކާމިޔާބުކޮށް ލީޑު ހޯދައިދިނެވެ. ނަމަވެސް ވީއޭއާރު އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ. މީގެ އިތުރުން ފުރތަމަ ހާފުގައި ބާސާގެ މިޑްފީލްޑަރ ޕެޑްރީއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބި ބޭނުންނުކުރެވިފައެވެ. ބެޓިސްގެ އޭރިއާ ތެރެއިން ޕެޑްރީ ފޮނުވާލި ދެ ހަމަލާވެސް ބެޓިސްގެ ކީޕަރު ރުއި ސިލްވާ ވަނީ ދިފާއުކޮށްފައެވެ.

undefined

މެޗުގެ ދެވަނަ ހާފުގައި ވެސް ބާސާއަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުޞަތެއް ފުރަތަމަ ލިބިފައި ވަނީ ޕެޑްރީއަށެވެ. ޕެޑްރީ ފޮނުވާލި އެ ހަމަލާގެ ހުރަހަކަށް ވެސް ވީ ބެޓިސްގެ ކީޕަރެވެ.

މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ބާސާގެ ސްޕެނިޝް ޑިފެންޑަރ ބަލްޑޭ ބެޓިސްގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިމެޗުގައި ބާސާއަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ފޯވާޑް ރަފީނިއާއެވެ. މިއީ ބާސާއަށް ރަފީނިއާ ކާމިޔާބު ކޮށްދިން ފަސްވަނަ ލަނޑެވެ.

ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ބާސާގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ތިން މެޗުގެ ސަސްޕެންޝަނަކަށް ފަހު ރޭގެ މެޗުގައި ކުޅުނު ބާސާގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. ބާސާއިން ނެގި ކޯނަރެއް އެ ޓީމްގެ ޑިފެންޑަރ އަރައުހޯ ބޮލުން ފޮނުވާލި ވަގުތު އޭރިއާތެރޭ ހުރެ ލެވަންޑޯސްކީ ވަނީ އެ ބޯޅަ ކޮންޓްރޯލްކޮށް ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މިއީ ލަލީގާގައި، މި ސީޒަންގައި ލެވަންޑޯސްކީ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި ލަލީގާ ލަނޑު ލިސްޓްގެ އެންމެ ކުރީގައި މިވަގުތު އޮތީ ވެސް ލެވަންޑޯސްކީއެވެ.

މެޗުގައި ބެޓިސް އިން ކާމިޔާބު ކުރި ލަނޑަކީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށް ބާސާގެ ފުރާންސް ޑިފެންޑަރ ކޫންޑޭ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި ނަތީޖާއާއިއެކު ދެވަނާގައި އޮތް ރެއާލް މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެ ބާސާ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ބާސާއަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ރެއާލް އޮތީ 18 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުގައެވެ. މިރޭ ރެއާލް އަމިއްލަ ދަނޑުގައި ވެލެންސިއާއާއި ދެކޮޅަށް ނުކުންނައިރު، މި މެޗު ކާމިޔާބު ކޮށްގެން ބާސާއާއި އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ. ބާސާއަތުން ބަލިވި ބެޓިސް މިވަގުތު އޮތީ ތާވަލުގެ ހަވަނާގައެވެ. އެ ޓީމަށް 19 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ