
Screenshot 2021-02-10 at 05.44.16
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން 20000 މުސްޙަފު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކަށް ހަދިޔާކޮށްފި އެވެ.

މި މުޞްޙަފްތައް އެޑިއުކޭޝަން މިނިސްޓްރީ އާއި ޙަވާލުކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ މިނިސްޓަރ އަޙްމަދު ޒާހިރު ޢަލީ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުޞްޙަފުތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.
މި މުޞްޙަފުތަކަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންކުރުމަށް ހަދިޔާކުރެވުނު މުޞްޙަފުތަކެކެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ދިވެހި ރައްޔިތުންނަށް އަންނަނީ މުޞްޙަފު ހަދިޔާކުރަމުންނެވެ. މިގޮތުން މިވަގުތުވެސް މިނިސްޓްރީގެ ފަރާތުން ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުޞްހަފު ލިބިލައްވާނެކަމުގައި މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.