logoEN
Sto top
24 އަހަރަށް ފަހު ލީގު ކަޕްގެ ފައިނަލުގައި ނިއުލާސަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރިމަތިލުމެއް!

24 އަހަރަށް ފަހު ލީގު ކަޕްގެ ފައިނަލުގައި ނިއުލާސަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރިމަތިލުމެއް!

ހަސަން ޝަމްއޫން

logo

2/2/2023, 4:36:13 PM

manchester-united-v-nottingham-forest-premier-league-scaled-1

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް 2-0 ގެ ނަތީއްޖާއަކުން ބަލިކޮށް މުބާރާތުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

Wamco

ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މި ދެ ޓީމް ފޮރެސްޓް ދަނޑުގައި ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑު ކާމިޔާބުކޮށްފައިވުމާއި އެކު ރޭގެ މެޗުގެ ނަތީއްޖާ އާއި އެކު ޔުނައިޓެޑަށް ފައިނަލުން ޖާގަ ލިބިފައި ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ފޮރެސްޓް މައްޗަށް ކުރިހޯދައިގެންނެވެ.

ފުރަތަމަ ލެގުގައި ތިން ލަނޑުގެ ލީޑެއް ލިބިފައި އޮތުމއެކު ރޭގެ މެޗުގައި ޔުނައިޓެޑުން ފެށީ ބަދަލުތަކަކާއި އެކުގައެވެ. އަދި މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓު ކުރި ނަމަވެސް މިފާހުގައި އެޓީމަށް ފޮރެސްޓް ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ދެ ހަމަލާއެވެ.

undefined

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސަފައި ނުވާއިރު، ދެވަނަ ހާފު މެންޗެސްޓަރ ޔުނައިޓެޑުން ފެށީ ތިން ބަދަލަކާއެކުގައެވެ. ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަވެގެން ދިޔައެވެ. މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ފުރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް އެވެ. މިއީ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަނިޔާގެ ސަބަބުން ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި މާޝިއަލް ކުޅެފައި ނުވާއިރު، މިއީ އޭނާ މި ސީޒަންގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ހަވަނަ ލަނޑެވެ.

undefined

ބްރެޒިލްގެ މިޑްފީލްޑަރ ފުރެޑް ޔުނައިޓެޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދެނީ

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑު 76 ވަނަ މިނެޓުގައި ރަޝްފޯޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބުރެޒިލްގެ މިޑްފީލްޑަރ ފްރެޑެވެ.

ގިނަ ދުވަސްތަކަކަށް ފަހު ރޭގެ މެޗުގެ ދެވަނަ ހާފުގައި އިގިރޭސި ޒުވާން ފޯވާޑް ޖޯޑަން ސަންޗޯ ވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. ސަންޗޯ އެންމެ ފަހުން ޔުނައިޓެޑުގެ ޖާޒީގައި ކުޅެފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު ހަމުގައެވެ. އެފާއިތުވި ދުވަސްތަކުގައި ސަންޗޯއަށް ފިޒިކަލީ ގޮތުންނާއި މެންޓަލީ ގޮތުން ދިމާވި މައްސަލަތަކާއި ގުޅިގެން އޭނާ ވަނީ ޚާއްސަ ތަމްރީނުތަކެއްވެސް ފުރުހަމަކޮއްފައެވެ.

ލީގު ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ ނިއުކާސަލް ޔުނައިޓެޑުންނެވެ. މި މުބާރާތުގެ ފައިނަލުގައި ނިއުކާސަލްއާއި ޔުނައިޓެޑް 1999 ވަނަ އަހަރު ވެސް ކުޅެފައިވެއެވެ. އެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑުންނެވެ.

ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއް ކާމިޔާބު ކުރެވިފައި ވަނީ 2017 ވަނަ އަހަރުއެވެ. ޔުނައިޓެޑާއި ނިއުކާސަލް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside