logoEN
ކޮކާކޯލާ
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގަރލްގައިޑް ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ ސެޝަނެއް!

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގަރލްގައިޑް ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ ސެޝަނެއް!

00_8d88e301a1

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރިކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިލިނގިލީގައި ހުންނަ، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގަރލްގައިޑް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އަބުޅޯ

ޖަނަވަރީ 31 ވަނަ ދުވަހު އެ މަރުކަޒުގައި ކުރިއަށް ގެންދިޔަ ސެޝަނުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގައި ހިމެނޭ ދަރިވަރުންނާ ގުޅުހުންހުރި ކަންކަމުގެ މައުލޫމާތު އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި ބައިސްކަލު ދުއްވުމުގައި ދަރިވަރުން ސަމާލުކަންދޭންޖޭ ކަންކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި މަގުމަތީގެ ރިވެތި އަދަބުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަންގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ގަރލްގައިޑް 52 ދަރިވަރުން ބައިވެރިވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ