logoEN
cocacola
ވިލިމާލެ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެ

ވިލިމާލެ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެ

އައިޝަތު އިފާޝާ

logo

2/2/2023, 12:30:09 PM

FnU-WkjaAAAkDol

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ވިލިމާލެ އީވީ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގުނަގާގިތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މާދަމާ ޚިދުމަތުން އަގު ނެގުމަށް ހަމަޖެހިފައިވާއިރު، އެމްޓީސީސީން ވަނީ ވިލިނގިލީގައި މި ޚިދުމަތް 24 ގަޑިއިރު ދޭގޮތަށް ނިންމާފައެވެ. އަދި މި ޚިދުމަތުން ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާއެވެ.

އާރް.ޓީ.އެލް. ވިލިމާލޭ ބަހުގެ ޚިދުމަތަށް 3 ޒަރީޢާއަކުން ފައިސާދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އެއީ، އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ނަންގަވައިގެންނާއި، ކޮންކްޓެކްޓްލެސް މާސްޓަރކާރޑް އަދި ވިސާ ޑެބިޓް ކާރޑް ނުވަތަ ކްރެޑިޓް ކާރޑް މެދުވެރިކޮށާއި އަދި ބަހުން ކަރުދާސް ޓިކެޓް ބައްލަވައިގަނެގެންނެވެ.

ކަރުދާސް ޓިކެޓް ބައްލަވައިގަތުން ހަމަޖެހިފައިވަނީ ބަހުގެ ތެރެއިންނެވެ. ހަމައެހެންމެ، ޓަރމިނަލްތަކުން ބަހުގެ ޙިދުމަތުގައި ބޭނުންކުރާ ކަރުދާސް ޓިކެޓް ބައްލަވައިގަނެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

މިގޮތުން ބައްލަވައިގަންނަވާ ޓިކެޓުގެ ފައިސާ ލާނެ ޙާއްސަ ފޮއްޓެއް، ބަސްތެރޭގައި ބެހެއްޓިފައި ހުންނާނެއެވެ. ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ހުރިހާ ބޭފުޅުންވެސް ސީދާ ޓިކެޓުގެ އަގު ހަމަވާނެހެން ފައިސާ ގެންނެވުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.

ބަހުގައި ފައިސާ މާރުކުރެވެން ހަމަޖެހިފައި ނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި، ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުމަށް ކަމަށާއި، އަދި ކަރުދާސް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަޖައްސާފައިވުމުގެ މައިގަނޑު މަޤްޞަދަކީ އިސް ރަށްވެހީންނަށް މި ޚިދުމަތް ބޭނުންކުރުމުގައި ފަސޭހަކޮށްދިނުމަށް ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

ކިޔު.އާރް. ޓިކެޓް ބައްލަވައިގަންނަވާނެ ގޮތުގެ ވީޑިއޯ އެކުންފުނީގެ އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލުންނާއި މީސް މީޑިއާގެ މަންސަތަކުގައި ޝާޢިޢު ކުރެވިފައި ހުންނާނެއެވެ. އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ކިޔު.އާރް. ޓިކެޓް ސްކޭން ކުރުމަށްޓަކައި ބަހަށް އެރުއްވުމަށްފަހު، ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއަށް ދިމާކުރުމަށްފަހު ސްކޭންކޮށްލައްވަން ޖެހޭނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮންޓެކްޓްލެސް މާސްޓަރކާރޑް އަދި ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރް.ޓީ.އެލް ވިލިމާލެ ބަހުގެ ޚިދުމަތު ގައިވެސް ޓެޕް އެންޑް ޕޭ މެތަޑުން ފައިސާ ދެއްކޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ