
ވިލިނގިލި ހިމެނޭހެން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމް ގާއިމްކުރަނީ
Fn4CzLFaMAAroY3
ގއ ވިލިނގިލި ހިމެނޭހެން ހަތަރު ރަށެއްގައި ފްލޯޓިންގ ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ބަޔަކާއި ހަވާލުކޮށްފި އެވެ.

ޔޫތު މިނިސްޓްރީއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާސިޙް ރަޝީދެވެ. އަދި ސުވިމިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީއެވެ.
ވިލިނިގިލީގައި ޤާއިމްކުރާ ޕްލެޓްފޯރމް މަޝްރޫއު ސްވިމިންގ އެސީސިއޭޝަނާއި ހަވާލުކޮށްފައިވަނީ އެއް މިލިއަން ސާޅީސް ހަތްހާހަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަސައްކަތް ސުމިން އެސޯސިއޭޝަނާއި ޙަވާލުކޮށްފައިވަނީ މިމަސައްކަތުގެ ފައިސާ އެސޯސިއޭޝަނަށް ލިބޭ ދުވަހުން ފެށިގެން 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ޔޫތު މިނިސްޓްރީއިން އިއްޔެ ވަނީ ވިލިނގިލީގެ އިތުރުން ހއ.ހޯރަފުއްޓާއި، ހދ.ހަނިމާދޫއާއި އައްޑޫ ސިޓީ މަރަދޫފޭދޫގައި ފްލޯޓިން ސްވިމިން ޕްލެޓްފޯމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަޝްރޫއުތަށްވެސް ހަވާލުކޮށްފައިވަނީ ސްވިމިނިސްގ އެސޯސިއޭޝަނާއި އެވެ.