logoEN
cocacola
އުމުރުން 21 އަހަރުގައި މިއީ 15 އަހަރުގެ ދަރިއެއްގެ މަންމައެއް

އުމުރުން 21 އަހަރުގައި މިއީ 15 އަހަރުގެ ދަރިއެއްގެ މަންމައެއް

އައިޝަތު އިފާޝާ

logo

2/1/2023, 9:27:30 AM

mom-21-daughter-15-comp-1 copy

21 އަހަރުގެ އަންހެނެއްގެ 15 އަހަރުގެ ދަރިޔަކު ހުރެޔޭ ބުނުމުން ގިނަ ބަޔަކަށް އެކަން ގަބޫލުކުރަން ފަސޭހަނުވާނެކަން ޔަގީނެވެ. އެއުމުރަކީ އަބަދުވެސް ދިރިއުޅުމުގައި ތަފާތު ކަންްތައްތައް ތަޖުރިބާކޮށް އަމިއްލަ ނަފްސަށް ވަގުތުދޭ އުމުރުކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެއެވެ.

ގޮސިޔާ

އެހެންކަމުން އުމުރުން 21 އަހަރުގެ ހަންޓާ ނެލްސަން އަކީ އުމުރުން 15 އަހަރުގެ އަންހެން ދަރިޔަކު ބަލަހައްޓަމުންގެންދާ ފުލްޓައިމް މަންމައެކޭ ދެންނެވުމުން އެވާހަކަވެސް ގަބޫލުކުރަން އުނދަގޫވެދާނެއެވެ.

ނަމަވެސް އޭނާއަކީ 15 އަހަރުގެ ދަރިއެއްގެ މަންމައެކެވެ. އެކަން ގިނަ ބަޔަކު ގަބޫލު ނުކުރާނެކަންވެސް އޭނާއަށް އެނގެއެވެ. ސަބަބަކީ އުމުރުން 6 އަހަރުގައި އޭނާއަށް ދަރިއަކު ލިބުނުކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެއެވެ.

ގިނަ ބަޔަކު ވަނީ އޭނާގެ މިވާހަތައް އަޑުއަހައި އެފަދަ ސުވާލުތައްވެސް އޭނާއާ ކޮށްފައެވެ. އޭނާގެ ޖަވާބު ވަރަށްވެސް ފުރިހަމައެވެ. އޭނާގެ މަންމައާއި ބައްޕަ އެމީހުންނާ ވަކިވެދިއުމުން އޭނާގެ ކޮއްކޮއަށް އަޅާލައި ކޮއްކޮ އުފަލުގައި ބަހައްޓަން ގާނޫނީ ގޮތުން ބެލެނިވެރިކަން އޭނާ ބަދަލުކުރީއެވެ. އެހެންކަމުން އޭނާއަކީ އޭނާގެ ކޮއްކޮގެ ގާނޫނީގޮތުން މިހާރު މަންމައެވެ.

އޭނާ އެގޮތަށް ކަންތައްކުރަން ޖެހުނީ، އޭނާގެ ކޮއްކޮއަށް ނުރައްކާ އޮތް ކަމަށް އެނގިގެންނެވެ. އެގޮތުން އޭނާގެ މަންމަ މަރުވުމުން ކޮއްކޮ ކުދިން ބަލަހައްޓާ ސެންޓަރަކަށް ގެންދިއުމުން އެއީ ކޮއްކޮއަށް އެންމެ ރަނގަޅު ގޮތްކަމަށް އޭނާއަަށް ނުފެނުނީއެވެ.

އޭނާ ބުނި ގޮތުގައި، އޭނާގެ ކޮއްކޮގެ ބައްޕަގެ އާއިލާގެ ފަރާތުން އޭނާއަށް އެކަމާގުޅިގެން އިންޒާރުތަކެއްވެސް ލިބުނެވެ. އެމީހުން އޭނާއަށްް އޭނާގެ ކޮއްކޮގެ ގާނޫނީ ބެލެނިވެރިކަން ދޭން ބޭނުންނުވީއެވެ. ނަމަވެސް ނެލްސަން ހުރީ ކޮއްކޮ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ކޮއްކޮއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމުގައި މަންމަގެ ވާޖިބު އަދާކުރުމަަށް އޭނާ ތައްޔާރެވެ. ކޮއްކޮއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އޭޭނާއަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ