logoEN
cocacola
އިނގިރޭސި ރެކޯޑް ޓްރާންސްފާ ފީއަކަށް އެންޒޯ ފެނާންޑޭޒް ޗެލްސީއާ ގުޅިއްޖެ!

އިނގިރޭސި ރެކޯޑް ޓްރާންސްފާ ފީއަކަށް އެންޒޯ ފެނާންޑޭޒް ޗެލްސީއާ ގުޅިއްޖެ!

ހަސަން ޝަމްއޫން

logo

2/1/2023, 9:14:03 AM

resize (1)

ބެންފީކާ އިން 106.7 މިލިއަން ޕައުންޑް (131.4 މިލިއަން ޑޮލަރު) އަށް ޗެލްސީއާ ގުޅުނު އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މަގާމު ހޯދައިފި އެވެ.

ގޮސިޔާ

އެންޒޯގެ ޓްރާންސްފާ ފީ އަކީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު މެންޗެސްޓާ ސިޓީން އިންގްލެންޑްގެ އިންޓަނޭޝަނަލް ޖެކް ގްރީލިޝް ހޯދުމަށް އެސްޓަން ވިލާ އަށް ދެއްކި 100 މިލިއަން ޕައުންޑް އަށް ވުރެ ބޮޑު ފީއެކެވެ. އުމުރުން 22 އަހަރުގެ އާޖެންޓީނާގެ ވޯލްޑް ކަޕް ތަރި ބެންފީކާ އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ ރިލީޒް ފީ ދިނުމަށް ޗެލްސީ އިން އެއްބަސްވީ ދެ ކުލަބުގެ ވެރިންގެ މެދުގައި އެއް ދުވަސް ވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.

View post on Twitter

ފެނާންޑޭޒް ބެންފީކާއާ ގުޅުނީ މިދިޔަ އޮގަސްޓް މަހު އާޖެންޓީނާގެ ކްލަބް ރިވާ ޕްލޭޓުން 10 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީ އެއްގައެވެ. އެންޒޯގެ މާކެޓް ވެލިއު މިހާކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުފުލިގެން މި ދިޔައީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޓީމުގައި ހިމެނި އޭނާ ދައްކައިދީފައިވާ މޮޅުކުޅުމުގެ ސަބަބުންނެވެ.

އެންޒޯ ވަނީ އާޖެންޓީނާ އާއި އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑް ވެސް ހޯދާފައެވެ.

ފެނާންޑޭޒްގެ އިތުރުން ޗެލްސީން ވަނީ އެޓީމު އިތުރަށް ވަރުގަދަކުރުމަށް ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި ޑޭވިޑް ޑަޓްރޯ ފޮފާނާ، ބެނޮއިޓް ބަޑިއާޝިލޭ، އަންދްރޭ ސަންޓޯސް، ޖޮއާއޯ ފެލިކްސް، މައިކައިލޯ މުޑްރިކް، ނޯނީ މަޑޫއޭކޭ އިތުރުން މަލޯ ގުސްޓޯގެ ސޮއި ހޯދާފައެވެ.

މިއާއި އެކު ޗެލްސީ ވެގެން ގޮސްފައިވަނީ ފުޓްބޯޅައިގެ ތާރީޚްގައި އެއް ސީޒަނެއްގައި ޓްރާންސްފާގައި 400 މިލިއަން ޔޫރޯ ހޭދަކުރި ފުރަތަމަ ޓީމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ