
ކުރަތްޕަކަށް އެކްސްގެ ނަމުން ނަންދީ، ޒުލެއްގެ ޖަނަވާރަކަށް އެކުރަފި ކާންދިނުމުގެ ފުރުސަތު
resize-1 copy
ކުރީގެ ލޯބިވެރިޔެއްގެ ކިބައިން ބަދަލު ނުހިފި އޮތުމުން ހިތަށްް ހަމަޖެހުމެއް ނުލިބޭ ހެއްޔެވެ؟ އެކަމާ ކުރާނެ މާ ބޮޑުކަމެއް ނޭނގޭ ހެއްޔެވެ؟ ހާސްނުވާށެވެ. މި އަހަރުގެ ލޯބިވެރިންގެ ދުވަހުގައި އެކަމަށް މިހާރު މިއޮތީ ހައްލެކެވެ. ލޯބިވެރިޔާ ޒުލެއްގެ ޖަނަވާރަކަށް ކާންދިނުން ކިހިނެއް ހެއްޔެވެ؟

ލޯބިވެރިޔާ ޖަނަވާރަކަށް ކާންދޭނީ ކިހިނެއް ހެއްޔެވެ؟ މިއީ ތިބާގެ ހިތުގައި އުފެދިދާނެ ސުވާލެކެެވެ. ސެން އެންޓޯނިއޯގެ ޒުލެއްގައި ލޯބިވެރިންގެ ދުވަހުގައި، ކުރީގެ ލޯބިވެރިންގެ ފަރާތުން ހިތްދަތި ކަންތައްތައް ކުރިމަތިވެފައިވާ މީހުންނަށް ހާއްސަ ކަމެއް ކުރުމުގެ ފުރުސަަތު މިއޮތީ ހުޅުވާލާފައެވެ.
10 ވަރަކަށް ޑޮލަރަށް އެކަން ކޮށްލެވޭނެ އެވެ. 10 ޑޮލަރު ދިނުމުން އެ ޒުލުގެ ފަރާތުން، ތިބާގެ ކުރީގެ ލޯބިވެރިޔާގެ ނަން ކުރަތްޕަކަށް ދިނުމަަށްފަހު އޭތި ކޮންމެވެސް ޖަނަވާރަކަށް ކާންދޭނެއެވެ.
ކުރީގެ ލޯބިވެރިޔާގެ ކިބައިން ބަދަލުހިފުމަށް މިއަށްވުރެ ވަކި ރަނގަޅު ގޮތެއް ނޯންނާނެއެވެ. މެސެޖު އެހާމެ ސާފެވެ. އޭނާއަކީ ތިބާ އެހާވެސް ފޫހިވާ މީހެއްކަން މިކަމުން ދޭހަވެގެންދާނެއެވެ. ތިބާގެ ހިތުގައި އެތަކެއް ދުވަސްތަކެއް ވަންދެން ބިންވަޅުނެގިފައިވާ ހިތާމަތަކަށް ލުއިތަކެއް ލިބިގެންދިއުމަކީވެސް މިކަމުގެ ސަބަބުން އެކަށީގެންވާ ކަމެކެވެ.