logoEN
ކޮކާކޯލާ
ލީގު މެދުކަޑާލުމުން ކުލަބްތަކުގެ ނުރުހުން އެޗްޕީއޭ އަށް

ލީގު މެދުކަޑާލުމުން ކުލަބްތަކުގެ ނުރުހުން އެޗްޕީއޭ އަށް

ގާފު އެޑިޓޯރިއަލް

logo

2/10/2021, 11:55:54 AM

large_161288263441oXs3

މިހާރަކަށް އައިސް ދިވެހިންގެ މެދުގައި ކޮވިޑުގެ ކޭސްތަށް އިތުރުވެ ނުރެއްކާ ބޮޑުވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުއްލިގޮތަކަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ފުޓްބޯޅަ ކުލަބްތަކުގެ ނުރުހުން އެ އިދާރާއަށް އަމާޒުވެއްޖެއެވެ.

އަބުޅޯ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުއްލިގޮތަކަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ދިވެހި ލީގު މެދުކަޑާލުންވެސް ހިމެނެއެވެ . މީގެ ސަބަބުން ކުލަބުތަކުން ދަނީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ދަތިތަކަކާއި ކުރިމަތިލަމުންނެވެ . ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، އެޗްޕީއޭއިން މިދިޔަ ހަފްތާގައި ނެރުނު އެންގުމުގައި ބުނެފައިވަނީ ފެބްރުައަރީ 2 ން ފެށިގެން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށެވެ .

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކުލަބުން އިއްޔެ ވަނީ އެ ކުލަބުތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މަޒާޑާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ މެނޭޖްމަންޓް ލެވެލްގެ ބޭފުޅުންގެ އިތުރުން ކުލަބުތަކުގެ ކޯޗުންވެސް ވަނީ ބައިވެރިވެފައެވެ. ހުރިހާ ޓީމަކުންވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރި އެއް ނުކުތާއަކީ މެޗެއް ނުކުޅެ ގިނަދުވަސް ވުމުން އެ ކުލަބުތަކަށް މާލީގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި ކުޅުންތެރިންނަށް ކުރާ ނޭދެވޭ އަސަރުތަކެވެ . ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އާއިލާގެ ހައްގަށްޓަކައި ވީހާވެސް އަވަހަށް ލީގު ފެށުމަށަް ޓީމުތަކުން ވަނީ އެދިފައެވެ .

މިކަމާއި ބެހޭގޮތުން އެފްއޭއެމް ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ލީގުގެ ފަރިތަކުރުންތައް އަވަހަށް ފެށިގެން ދިޔުމަކީ ދެކޭ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ ފުޓުބޯޅަ ސީޒަން މެދުތެރެއިން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލަން ޖެހިފައިވާއިރު، އެކަމުގެ ސަބަބުން ކުޅުންތެރިންނާއި ކްލަބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފަ އެވެ. ހާއްސަކޮށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ފުޓުބޯޅަ އަދި ކުޅިވަރުގެ ތަޖުރިބާކާރުން ވަނީ ލީގު ކުރިއަށް ގެންދިޔުމަކީ ކުޅުންތެރިންގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ . މީގެ ކުރިން މި ސީޒަންގެ މެޗުތައް ފަށާފައިވަނީ އެޗްޕީއޭއާ އެފްއޭއެމްއާ ގުޅިގެން ހެދި ހާއްސަ ގައިޑްލައިންތަކާއި އެކުގައެވެ. އެގޮތުން ހުރިހާ ކްލަބްތަކަކުންވެސް ވަނީ ގައިޑްލައިނާއި އެއްގޮތަށް ފަރިތަކުން ފަށާފައެވެ. މިސީޒަންގެ ފުރަތަމަ ބުރު ނިމިފައިވާއިރު ލީގު މެދުކަނޑާލީ ދެވަނަ ބުރުގެ މެޗުތައް ފަށައިގެން ކުރިއަށްދަނިކޮށެވެ.

އެޗްޕީއޭގެ ހާއްސަ ގައިޑްލައިންތަކާއި އެއްގޮތަށް ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅެ ނިމުނު ނަމަވެސް، ލީގުގެ ދެވަނަބުރު މެދުކަނޑާލަން ނިންމުމުން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ