logoEN
cocacola
މިޓޯމާ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުން، ލިވަޕޫލް ބަލިކޮށް ބްރައިޓަން އެފްއޭ ކަޕްގެ 5 ވަނަ ބުރަށް!

މިޓޯމާ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުން، ލިވަޕޫލް ބަލިކޮށް ބްރައިޓަން އެފްއޭ ކަޕްގެ 5 ވަނަ ބުރަށް!

ހަސަން ޝަމްއޫން

logo

1/29/2023, 11:49:20 PM

a7764a2dfb81ea5b9550ff31e4626ea4o2

އިގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލިވަޕޫލް ލަނޑެއްޖަހައި ކުރިހޯދާފައިވަނިކޮށް ފަހަތުންއަރާ ދެ ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ފަސް ވަނަ ބުރުން ބްރައިޓަން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނެޓުކުރީ ބަރައިޓަން އިން ނެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ލިވަޕޫލް އިން ނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެޓީމުގެ މިސްރުގެ ފޯވާޑް މުހަންމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ހާވީ އެލިއޮޓް އެވެ.

undefined

ބްރައިޓަން އިން މެޗުގެ ނަތީއްޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެތީމުގެ އިގިރޭސި ޑިފެންޑަރ ލުވިސް ޑަންކް އެވެ. މިއީ އެޓީމުގެ ގާނާ ޑިފެންޑަރ ތާރިޤް ލަމްޕްޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ބްރައިޓަން މޮޅުވި ލަނޑު މެޗުގެ 90 މިނެޓު ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަޕާން މިޑްފީލްޑަރ ކައޯރު މިޓޯމާ އެވެ. މިއީ އެޓީމުގެ އެކުއިޑޯރ ޑިފެންޑަރ ޕަރވިސް އެސްޓުޕިނަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ދެޓީމު އެންމެ ފަހުން ލީގުގައި ވާދަކުރި މެޗު ބްރައިޓަން 3-0 ގެ ނަތީއްޖާއަކުން ކާމިޔާބުކޮށްފައިވާއިރު މިއީ އެޓީމަށް ލިވަޕޫލް އަތުން ޖެހިޖެހިގެން ދެ މެޗުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.

ބްރައިޓަން އަތުން ބަލިވެ ލިވަޕޫލް އެފްއޭ ކަޕުން ކެޓިއިރު، މިއީ ފާއިތުވި 7 އަހަރުތެރޭގައި މުބާރާތުގެ ހަތަރުވަނަ ބުރުން އެޓީމު ކަޓައިގެން ދިޔަ ފަސް ވަނަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ