ވޯޓާސް ލިސްޓް އާންމުކޮށްފި

މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާ ހުށައަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް ދިވެހި ސަރުކާރުގެ ގެޒެޓް އާއި ކޮމިޝަނުގެ ވެބްސައިޓް އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި ސިޓީތަކުގެ ކައުންސިލް އިދާރާ / އަވަށު އޮފީހުން އާންމުކޮށް ފެންނަން ހުންނާނާނެ ގޮތް ހަމަޖައްސާފައިއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 20 ވަނަ ދުވަހެވެ. އެގޮތުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރު ފަހު 01:00 އަށާއި ސަރުކާރު ބަންދު ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު ފަހު 01:00 އަށް ޝަކުވާ ބަލައިގަތުމަށް ވަނީ ނިންމާފައިއެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ފަހުވެސް ޝަކުވާ ބަލައިތަމުށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވާ ޝަކުވާ ފޯމަކުންނެވެ. ޝަކުވާ ފޯމު އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެއެވެ.

ލޯކަލް ކައުންސިލްތަކާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިންތިހާބު އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވޯޓާސް ލިސްޓް :- https://www.gazette.gov.mv/gazette/download/5973

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް