logoEN
cocacola
ވޯޓްފޮށިތައް ނުފެޅުމަށް އެމްޑީޕީން ގޮވާލައިފި

ވޯޓްފޮށިތައް ނުފެޅުމަށް އެމްޑީޕީން ގޮވާލައިފި

AMN_9619

މިއަދު ކުރިއަށްގެންދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ގައި ވޯޓުލުމަށް ބެހެއްޓިފައިވާ ވޯޓްފޮށިތައް ނުފެޅުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

ގޮސިޔާ

އެމްޑީޕީ އިން ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ކުރިއަށްދާ މި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރައްވާކަމަށެވެ.

"މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން" - އެމްޑީޕީ

View post on Twitter

އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މިއަދު ކުރިއަށް ގެންދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ގިނަ އަދަދެއްގެ ވޯޓްފޮށިތައް ފެޅުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ބައެއް ރަށްރަށުގެ ވޯޓްފޮށިތައް ފަޅައި ވޯޓް ކަރުދާސްތަަކަށްވެސް ވަނީ ގެއްލުންދީފައެވެ. މި ގޮތަށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ގދ. ތިނަދޫ އާއި ރަތަފަންދޫން 4 މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ