logoEN
cocacola
ޤުދުސްގައި ބަޑިޖަހައި ޔަހޫދީންގެ ގިނަ ބަޔަކު މަރާލައިފި

ޤުދުސްގައި ބަޑިޖަހައި ޔަހޫދީންގެ ގިނަ ބަޔަކު މަރާލައިފި

އައިޝަތު އިފާޝާ

logo

1/28/2023, 5:30:03 AM

6bf9f68f-c7f9-4ad9-9b89-20df4a8bc881

ޔަހޫދީންގެ އަތްދަށުގައި އޮންނަ އިރުމަތީ ޤުދުސްގެ ސަރަހައްދަކަށް ދިން ހަމަލާއެއްގައި ޔަހޫދީންގެ ހަތް މީހަކު މަރާލާފައިވާކަމަށް ޔަހޫދީ އިސްރާއީލުގެ ފުލުހުން ބުނެފިއެވެ.

ގޮސިޔާ

މިހަމަލާގައި އިތުރު ޔަހޫދީންތަކެއް ޒަޚަމްވެފައިވާކަމަށްވެސް ޔަހޫދީ ސިފައިންނާ ހަވާލާދީ މީޑީއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އިސްރާއީލުން މި ހަމަލާ ޓެރަރިޒަމް ހަމަލާއެއްގެ ގޮތުގައި ސިފަކޮށް ބުނެފައިވަނީ، ހަމަލާދިން މީހާ މަރާލާފައިވާ ކަމަށެވެ.

މިހަމަލާ ދީފައިވަނީ، ހުކުރު ދުވަހުގެ ރޭ 20:15 އެހާކަންހާއިރު ޤުދުސްގެ ނެވޭ ޔާކޯވް އަވަަށުގައި ކަމަށާއި، މި ހަމަލާ ދީފައިވަނީ އިރުމަތީ ޤުދުސްއަށް ނިސްބަތްވާ މީހެއް ކަމަަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާ ދީފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޔަހޫދީން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިންް ހަމަލާއެއްގައި ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ