
އައްޑޫ ރައްޔިތުން މިސަރުކާރާ ހަވާލުކުރި މަސައްކަތް މިދަނީ އެދިވަޑައިގެންނެވި ގޮތަށް ކުރަމުން - ރައީސް
FnafCEAaIAEfXCI
އައްޑޫ ރައްޔިތުން މިސަރުކާރާ ހަވާލުކުރި މަސައްކަތް މިދަނީ އެދިވަޑައިގެންނެވި ގޮތަށް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ނިންމުމުގެ ގޮތުން އައްޑޫ ސިޓީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ ކެމްޕެއިން ނިންމެވުމަށް އައްޑޫ ސިޓީގައި ބޭއްްވި ޖަލްސާގައި އައްޑޫ ރައްޔިތުންން އެމަނިކުފާނާއީ އެމްޑީޕީ އަދި ސަރުކާރާ ހަވާލުކުރި މަސައްކަތް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށްް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އައްޑޫ ރައްޔިތުން ހުށަހެޅި ކަންތައްްތަކުގެ ތެރެއިން ބިން އިތުރުކޮށް ޓުއަރިޒަމް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުުގަައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
އިތުރު ތަފްސީލު އަންނަނީ...