logoEN
cocacola
ފެނަކައިގެ ބިލުތަކުގައި ވެސް ރޯދަ ޑިސްކައުންޓް ހިމަނައި، އައު ބިލުތައް ފޮނުވުމުގެ މަސައްކަތް ފަށައިފި

ފެނަކައިގެ ބިލުތަކުގައި ވެސް ރޯދަ ޑިސްކައުންޓް ހިމަނައި، އައު ބިލުތައް ފޮނުވުމުގެ މަސައްކަތް ފަށައިފި

# ފެނަކަ ކޯޕަރޭޝަން

ފެނަކަ ކޯޕަރޭޝަން

ފެނަކަ ކޯޕަރޭޝަނުގެ ކަރަންޓު ބިލުތަކުގައި ވެސް ރޯދަ ޑިސްކައުންޓް ހިމަނައި، އައު ބިލުތައް އާންމުންނަށް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިިއެވެ.

ގޮސިޔާ

އެކަން އަންގައި ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އާންމު މަސްމަހުގެ ބިލުތަކަށް ވުރެ ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން މިއަދު ފަށާފައިވާ ކަމަށެވެ.

އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލު ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދޭން ފަށާފައިވާއިރު، އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯ އިން ވެސް މިދިޔަ މަހުގެ ބިލުތަކުން ޑިސްކައުންޓް ދޭނެ ކަން ވަނީ ޢިއުލާންކޮށްފައެވެ. އެގޮތުން ނިމިދިޔަ ރޯދަމަހު އާންމުން ބޭނުންކުރި ކަރަންޓާއި ފެނަށް ފޮނުވި ބިލުތަކުގައި ޑިސްކައުންޓު ހިމެނުމަށް ފަހު އަލުން އާންމުނަށް އެ ބިލުތައް ފޮނުމުގެ މަސައްކަތް ސްޓެލްކޯއިން ވެސް ވަނީ ފަށައިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ