logoEN
cocacola
މާރިޗު މަހުގެ ބިލަށް ވުރެ އޭޕްރިލު މަހުގެ ފެން ބިލު ބޮޑުވާނަމަ، ބޮޑުވާ އަދަދުން ޑިސްކައުންޓް ދޭން  ނިންމައިފި

މާރިޗު މަހުގެ ބިލަށް ވުރެ އޭޕްރިލު މަހުގެ ފެން ބިލު ބޮޑުވާނަމަ، ބޮޑުވާ އަދަދުން ޑިސްކައުންޓް ދޭން ނިންމައިފި

# ފެނާއި ކަރަންޓު# އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ މައި ޢިމާރަތް --- ފޮޓޯ/އެމްޑަބްލިއުއެސްސީ

ޑިސްކައުންޓް ހަދައިގެން ފޮނުވި މިދިޔަ މާރިޗު މަހުގެ ބިލަށް ވުރެ، ނިމު އޭޕްރީލް މަހުގެ ބިލް ބޮޑުނުވާނެ ފަދައިން ޑިސްކައުންޓް ދިނުމަށް މައި ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ނިންމައިފިއެވެ.

ގޮސިޔާ

އެކަން އަންގައި އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ޑިސްކައުންޓު ދިނީ މާރިޗު މަހުގެ 11 އިން ހުސްވި އޭޕްރީލް މަހުގެ 11 އަށް ފޮނުވާފައިވާ ބިލުތަކަށް ކަމަށެވެ.

އެހެން ކަމުން، ހުސްވި އޭޕްރީލް މަހުގެ ފަހު ބިލު އާންމުންނަށް ލިބޭނީ، ޑިސްކައުންޓްއާ އެކު ފޮނުވު މާރިޗު މަހުގެ ބިލަށް ވުރެ ބޮޑުނުވާނެ ފަދައިން ޑިސްކައުންޓް ދިނުމަށްފަހުގައި ކަމަށާއި އަދި އޭޕްރީލް މަހުގެ ބިލު، މާރިޗު މަހުގެ ބިލަށް ވުރެ ކުޑަވި ނަމަވެސް، 10 އިންސައްތައިގެ ޑިސްކައުންޓެއް އެ ބިލުތަކުން ދޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، އަލަށް ފެން އަދި ކަރަންޓު ލާފައިވާ މީހުންނަށް ފޮނުވާ ފުރަތަމަ ބިލަކީ ހުސްވި އޭޕްރީލް މަހުގެ ބިލު ކަމުގައިވާނަމަ އެ ފަރާތްތަކަށް ވެސް އޭޕްރީލް މަހުގެ ބިލުން 10 ޕަސަންޓު ޑިސްކައުންޓް ދޭނެ ކަމަށެވެ.

އެ ލުއިތަކާއެކު، ލަސްނުކޮށް އަވަހަސް ބިލުތައް ދެއްކުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.

އެމްޑަބްލިއުއެސްސީން މިދިޔަ މަހުގެ ބިލަށް ޑިސްކައުންޓް ދޭން ނިންމާފައިވާއިރު، ރަމަޟާން މަހު ޑިސްކައުންޓާއެކު އެންމެ ފުރަތަމަ ފޮނުވި ބިލަށް ވެސް އެ ކުންފުނިން ވަނީ މުޅި ޖުމްލަ 14 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. އެއީ އެކުންފުނިން ބުނި ގޮތުގައި ޑޮމެސްޓިކް ކެޓަގަރީއަށް ބިލުކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ