logoEN
cocacola
ފޯނުން ފިރިހެން ކުދިންނާ ވާހަކަނުދައްކަން ބުނުމުން, އިންޑިއާގެ އުމުރުން 14 އަަހަރުގެ އަންހެން ކުއްޖަކު އޭނާގެ ބޭބެ މަރާލައިފި

ފޯނުން ފިރިހެން ކުދިންނާ ވާހަކަނުދައްކަން ބުނުމުން, އިންޑިއާގެ އުމުރުން 14 އަަހަރުގެ އަންހެން ކުއްޖަކު އޭނާގެ ބޭބެ މަރާލައިފި

އައިޝަތު އިފާޝާ

logo

5/5/2024, 5:42:23 AM

# އިންޑިއާ

.

އިންޑިއާގެ ޗައްތިސްގަރްގެ ޚައިރާގަރް-ޗުއިޚާދަން-ގަންދާއީ (ކޭސީޖީ) ޑިސްޓްރިކްޓްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ބޭބެއަށް ހަމަލާދީ މަރާލައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާ ގޮތުގައި އަންހެން ކުއްޖާ އޭނާގެ ބޭބެއަށް ހަމަލާދީފައިވަނީ މޮބައިލް ފޯނުން ފިރިހެން ކުދިންނާ ވާހަކަދައްކާކަން ބޭބެއަށް އެނގުމުން އެކަން ނުކުރުމަށް އަންގައި އިތުރަށް ފޯނު ބޭނުން ނުކުރުމަށް ބުނެފައިވާތީ ރުޅިއައިސްގެންނެވެ.

މި ހާދިސާ ހިނގި ވަގުތު ގޭގައި ތިބީ އަންހެން ކުއްޖާއާއި އޭނާގެ ބޭބެ އެކަންޏެވެ. އާއިލާގެ އެހެން މީހުން މަސައްކަތް ކުރުމަށް ބޭރަށް ގޮސް ތިބި ވަގުތުގައި އަންހެން ކުއްޖާ އޭނާގެ ބޭބެއަށް ހަމަލާދީ މަރާލާފައިވަނީ ކޯރާޑީއަކުން އޭނާގެ ކަރަށް ހަމަލާދީގެންނެވެ.

ބޭބެއަށް ހަމަލާދީ މަރާލުމަށްފަހު އަންހެން ކުއްޖާ ވަނީ ފެންވަރަައިގެން ބޭރަށް ނުކުމެ އަވަށްޓެރިން ކައިރީގައި އޭނާގެ ބޭބެ މަރާލާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ ބޭބެ މަރާލީ އޭނާ ކަމެއް ބުނެފައިނުވެއެވެ.

އަވަށްޓެރިން ފުލުހުންނަށް އެކަން އެންގުމުން ފުލުހުން އެގެއަށް އައިސް އަންހެން ކުއްޖާއާ ސުވާލުކުރުމުން އޭނާ ވަނީ ބޭބެ މަރާލިކަމަށް އެއްބަސްވެފައެވެ. އަދި ބޭބެ މަރާލި ސަބަބުވެސް އޭނާ ފުލުހުންނަށް ކިޔައިދިނެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ އަންހެން ކުއްޖާ ހައްޔަރުކޮށްފައެވެ. އަދި މައްސަލަ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ