logoEN
cocacola
މިއަދު އޮތް ހަ ބައިލެކްޝަންގެ ތެރެއިން ހަތަރު ގޮނޑި ސަރުކާރަށް, 1 ގޮނޑި އެމްޑީޕީއަށް!

މިއަދު އޮތް ހަ ބައިލެކްޝަންގެ ތެރެއިން ހަތަރު ގޮނޑި ސަރުކާރަށް, 1 ގޮނޑި އެމްޑީޕީއަށް!

އަހުމަދު ޝުރާއު

logo

5/4/2024, 1:41:00 PM

# ބައި އިލެކްޝަން# އެމްޑީޕީ# ޕީއެންސީ

ޕީއެންސީގެ ލީޑަރު އަދި ރައީސް ޑރ މުހައްމަދު މުއިއްޒު

މިއަދު ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބައެއް ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގައި ސަރުކާރުން ގިނަ ގޮނޑިތައް ކާމިޔާބުކޮށްފި އެވެ.

ގޮސިޔާ

މިއަދު ކުރިޔަށް ގޮސްފައިވަނީ މ. މަޑުއްވަރި ރަށު ކައުންސިލް ރައީސްއާއި ނ. ނިލަންދޫ, ނ. ވެލިދޫ, ހއ. ތަކަންދޫ އަދި ހއ. އުތީމު ކައުންސިލްގެ ބައި އިލެކްޝަނެވެ.

މި އިންތިހާބުތަކުގެ ތެރެއިން ވެރިކަން ކުރާ ކޮންގްރެސް ޕާޓީއިން ވަނީ 4 ގޮނޑި ކާމިޔާބުކޮށްފައި އެވެ. އަދި އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވަނީ ކޮންމެ ޕާޓީއަކުން އެއް ގޮނޑި ކާމިޔާބުކޮށްފައި އެވެ..

ނ. ވެލިދޫ ކައުންސިލަށް ކުރިމަތިލީ ކޮންގްރެސް ޕާޓީގެ ފަރާތުން އަބްދުالله އަބްދުއްރައްޒާގެވެ. އެމްޑީޕީގެ ފަރާތުން އައިމިނަތު ޝިފާޒާއެވެ. މި ގޮނޑި ކާމިޔާބުކުރެއްވީ ކޮންގްރެސް ޕާޓީގެ އަބްދުލްރައްޒާގް އެވެ.

ނ. ލަންދޫ ކައުންސިލަށް ކުރިމަތިލާފައިވަނީ އެމްޑީޕީ އަދި ކޮންގްރެސް އިންނެވެ. އެއީ އެމްޑީޕީން އަބްދުالله އާރިފާއި ކޮންގްރެސް ޕާޓީން މުޙައްމަދު ޝުޖާއުއެވެ. އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީގެ އާރިފްއެވެ.

ރ އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވަނީ ކޮންގްރެސްގެ އައިމިނަތު ސަމާހާއާއި އެމްޑީޕީގެ ފާތިމަތި ސަމްހާއެވެ. އިންތިޚާބު ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީގެ އައިމިނަތު ސަމާހާ އެވެ.

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ރަޙްމާ އަބްދުاللهއާއި ކޮންގްރެސްގެ ސަމީނާ މުޙައްމަދެވެ. އިންތިޚާބު ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީގެ ސަމީނާއެވެ.

ހއ. އުތީމު ކައުންސިލް މެންބަރު ކަމަށް ކުރިމަތި ލާފައިވަނީ ކޮންގްރެސްގެ އިބްރާހީމް ސުނާހުއާއި އެމްޑީޕީގެ މުޙައްމަދު އައުފުއެވެ. މި އިންތިހާބުވެސް ކާމިޔާބުކުީ ކޮންގްރެސް ޕާޓީގެ ސުނާހު އެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޑިމޮކްރެޓްސްގެ މުހައްމަދު އާޒިމް އަލީ އާއި ކޮންގްރެސް ޕާޓީގެ އަބްދުالله އަލީ އެވެ. މި ގޮނޑި ކާމިޔާބުކުރީ ޑިމޮކްރެޓްސްގެ އާޒިމް އެވެ. މިއީ ޑިމޮކްރެޓްސްއަށް އިންތިހާބެއްގައި ލިބުނު ފުރަތަމަ ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ