logoEN
cocacola
އިންޑޮނޭޝިއާއަށް ކުރަމުން އަންނަ ވިއްސާރާގައި 15 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށް ކުރަމުން އަންނަ ވިއްސާރާގައި 15 މީހުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

5/4/2024, 1:10:38 PM

# އިންޑޮނީޝިޔާ

އިންޑޮނޭޝިއާއަށް ކުރަމުން އަންނަ ވިއްސާރައިގައި ލިބިފައިވާ ގެއްލުންތައް

އިންޑޮނޭޝިއާއަށް ކުރަމުން އަންނަ ވިއްސާރާގައި ހިނގި ހާދިސާތަކުގައި 15 މީހުން މަރުވެއްޖެ އެވެ.

ގޮސިޔާ

އިންޑޮނީޝިއާގެ ދެކުނު ސުލަވެސީ ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ސަބަބުން އެތައް ގެއެއް ފުނޑުފުނޑުވެ މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި 15 މީހުން މަރުވެފައިވާ ކަން މިއަދު ހާމަކުރީ އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން އެވެ

އިންޑޮނީޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ)ގެ ތަރުޖަމާނު އަބްދުލް މުހާރީ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދެކުނު ސުލަވެސީގެ ލުވޫ ރީޖެންސީއަށް ބިންގަނޑު ކަނޑައިގެން ގޮސްފައި ވަނީ ހުކުރު ދުވަހު ކަމަށެވެ.

"ލުވޫ ރީޖެންސީގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ޖުމްލަ 14 މީހުން މަރުވި،" އޭނާ ވިދާޅުވި އެވެ.

އަދި ދެކުނު ސުލަވެސީގެ އެހެން ސަރަހައްދެއްގައި އެކަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް އަބްދުލް ވިދާޅުވި އެވެ.

ބީއެންޕީބީއިން ބުނީ 100 އަށް ވުރެ ގިނަ ގެއަކަށް ސީރިއަސް ގެއްލުންތަކެއް ލިބި 42 ގެއެއް ބިމާއި ހަމަވެފައިވާއިރު ހަތަރު މަގާއި އެއް ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން 115 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު ގެ، 1300 އަށްވުރެ ގިނަ އާއިލާއަށް އަސަރުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ