logoEN
cocacola
ސޮލޮމަން އައިލެންޑްސްގެ އައު ބޮޑުވަޒީރަކަށް ޖެރިމިއާ މަނޭލޭ އިންތިހާބުކޮށްފި

ސޮލޮމަން އައިލެންޑްސްގެ އައު ބޮޑުވަޒީރަކަށް ޖެރިމިއާ މަނޭލޭ އިންތިހާބުކޮށްފި

އަހުމަދު ޝުރާއު

logo

5/2/2024, 11:10:04 AM

# ސޮލޮމަން އައިލެންޑްސް

ސޮލޮމަން އައިލެންޑްސްގެ އައު ބޮޑު ވަޒީރު

ސޮލޮމަން އައިލެންޑްސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެ ގައުމުގެ އާ ބޮޑުވަޒީރަކަށް ކުރީގެ ފޮރިން މިނިސްޓަރު ޖެރިމިއާ މާނޭލޭ އިންތިހާބުކޮށްފި އެވެ.

ގޮސިޔާ

ޕެސިފިކް ގައުމުގެ ޗައިނާއާ ރައްޓެހި ހާރިޖީ ސިޔާސަތު ކުރިއަށް ގެންދާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ މެނެލޭ އަށް މިދިޔަ ބުރާސްފަތި ދުވަހު ނެގި ސިއްރު ވޯޓުން ލިބިވަޑައިގަތީ 31 ވޯޓެވެ. އޭނާއާ ވާދަކުރެއްވި، ގިނަ ދުވަސްތަކެއް ވަންދެން އިދިކޮޅު ލީޑަރުކަން ކުރެއްވި މެތިއު ވާލޭ އަށް ލިބިވަޑައިގަތީ 18 ވޯޓެވެ.

50 މެމްބަރުންގެ މައްޗަށް އެކުލެވޭ ޕާލަމެންޓުގައި ވޯޓަށް އަހާފައި މިވަނީ ވެރިރަށް ހޮނިއާރާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވަނިކޮށް، ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ފުލުހުންގެ ސްކޮޑްރަންތަކުން މަޖިލީހުގެ މައިދާނުގައި ޕެޓްރޯލް ކުރަމުން ދަނިކޮށެވެ.

މަޖިލީހުގެ ބޭރުގައި ވާހަކަ ދައްކަވަމުން މާނޭލޭ ވަނީ މީގެ ކުރިން ހިނގި ހަމަނުޖެހުންތައް ތަކުރާރުނުވާ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވޯޓު ދެއްވި މެމްބަރުންނަށް ތައުރީފު ކުރައްވައިފަ އެވެ.

މެނޭލޭ އެ މަގާމަށް އައްޔަން ކުރައްވާފައި މިވަނީ މިދިޔަ މަހު ބޭއްވި ގައުމީ އިންތިހާބުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ