logoEN
cocacola
ތުރުކީގެ އިސްތަންބޫލްގައި ކުރިޔަށް ދިޔަ މޭޑޭގެ މުޒާހަރާއެއްގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި

ތުރުކީގެ އިސްތަންބޫލްގައި ކުރިޔަށް ދިޔަ މޭޑޭގެ މުޒާހަރާއެއްގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

5/1/2024, 5:59:27 PM

# ތުރުކީ

އިސްތާންބޫލް މޭޑޭ މުޒާހަރާ

އިސްތަންބޫލްގައި މޭޑޭގެ އެއްވުންތައް ބޭއްވުން މަނާކޮށްފައިވަނިކޮށް ބެރިކޭޑް ފަޅާލައި އެ ސިޓީގެ ތަކްސިމް ސްކޮއާއާ ހަމައަށް ދާން އުޅުނު މީހުން ފަހަތަށް ޖެއްސުމަށް އެގައުމުގެ ފުލުހުން ބާރުގެ ބޭނުންކޮށް ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ތުރުކީގެ ދާޚިލީ ވަޒީރު އަލީ ޔަރްލިކާޔާ ވިދާޅުވީ ބުދަ ދުވަހު ކުރިޔަށް ދިޔަ މޭޑޭގެ މުޒާހަރާތަކައި ގުޅިގެން މިހާތަނަށް 210 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެކްސްގައި ޔަރްލިކާޔާ ވިދާޅުވީ "މެއި މަހުގެ އެއްވަނަ ދުވަހު ލޭބާ އެންޑް ސޮލިޑަރިޓީ ޑޭގައި އަހަރެމެންގެ އިންޒާރުތަކަށް ބޯނުލަނބާ، ތަކްސިމް ސްކޮއާއަށް ހިނގާފައި ގޮސް އަޅުގަނޑުމެންގެ ފުލުހުންނަށް ހަމަލާދޭން އުޅުމުގެ ސަބަބުން އިސްތަންބޫލްގައި 210 މީހުން ހިފަހައްޓާފައިވާ" ކަމަށެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރަޗާނޭ ޑިސްޓްރިކްޓްގެ ސިޓީ ހޯލް ކައިރީގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުން ކުރިމަތިލުންތަކެއް ހިންގައި، މުޒާހަރާގެ ބައިވެރިން ބެރިކޭޑްތައް ފަޅާލުން ހުއްޓުވުމަށް ކަރުނަ ގޭހާއި ރަބަރު ވަޒަން ވެސް ޖަހާފައިވެ އެވެ.

މޭޑޭގެ މުނާސަބަތުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިސްތަންބޫލްސްކޮޔާގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވުމާއި އެކު މުޒާހަރާތަކާއި އެއްވުންތައް ކުރިޔަށް ގެންދިޔުމަށް ހުރަސް އެޅުމަށް އެ ސިޓީގެ އެކި ސަރަހައްދުތަކުގައި 40،000 އަށް ވުރެ ގިނަ ފުލުހުން ޑިޕްލޯއި ކޮށް، ކުދި ސައިޑް މަގުތައް ވެސް މެޓަލް ބެރިއަރުތަކާ އެކު ވަނީ ބަންދުކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ