logoEN
cocacola
ދިވެހި ވިޔަފާރިވެރިންނަށް ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ހުޅުވާލަނީ

ދިވެހި ވިޔަފާރިވެރިންނަށް ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ހުޅުވާލަނީ

އައިޝަތު އިފާޝާ

logo

4/25/2024, 9:11:06 AM

# އެޗްޑީސީ

ތިލަފުށި - ފޮޓޯ: ގޫގްލް

ދިވެހި ވިޔަފާރިވެރިންނަށް ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

ގޮސިޔާ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތިލަފުށީގައި ލޭންޑް ސެލްތަކެއް ހައްދަވާނެ ކަމަށާއި, އެ ބިންތައް ޚާއްސަކުރާނީ ދިވެހި ވިޔަފާރިވެރިންނަށް ކަމަށެވެ.

އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތިލަފުށިން ދޫކުރުމަށް މަސައްކަތް ކުރާ ބިންތަކަކީ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ދާއިމީ ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ބިންތަކެއް ކަމުގައިވެސް ފަޒުލް ވިދާޅުވިއެެވ.

މެދު އަދި ކުދިފަންތީގެ ވިޔަފާރިތަކަށް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގެނެވޭނެ ފެންވަރަށް އެތަންތަނުގެ ކުލީގެ އަގުތަކަށްވެސް ބަދަލު ގެނެވިގެން އެކަންކަން އަޅުގަނޑުމެން ކުރާނީ. މިހާރު އެކްޒިސްޓިންގ ތިލަފުށީގެ ރެންޓު ހުރި ވަރު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތްތަކެއްވެސް އަޅުގަނޑުމެން އެބަ ހިންގަން - ފަޒުލް ވިދާޅުވިއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ, އެޗްޑީސީގެ މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދާއިމީ ގޮތަކަށް އެކަން ކުރެވޭނެ ނިޒާމަކަށް ތިލަފުށިން ދޫކުރާ ބިންތަކުގެ ކަންކަން ބައްޓަން ކުރުން ކަމަށާއި, ކުރިން ކޮންމެ ފަސްއަހަރަކުން އެއްފަހަރު ކުއްޔަށް ގެނެސްފައިވާ ބަދަލުތައް ނުގެނެވޭ ފަދަ އިންތިޒާމެއްް ހަމަޖެއްސުން ކަމަށެވެ.

ފަޒުލް ވަނީ ތިލަފުށިން ދެން ބިން ވިއްކާނީ ހަމަ އެކަނި ދިވެހިންނަށް ކަމަށާއި, މީގެ ފަހުން ބޭރުގެ ފަރާތްތަކަށް ތިލަފުށިން ބިން ނުވިއްކާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ތިލަފުށިން ދިވެހި ވިޔަފާރިވެރިންނަށް ވިއްކާ ބިންތަކަކީ އެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ވިއްކާ ބިންތަކެއް ކަމަށްވެސް ފަޒުލް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ