logoEN
cocacola
އެމެރިކާގެ ހާރިޖީ ވަޒީރު ބްލިންކެން ޗައިނާގައި

އެމެރިކާގެ ހާރިޖީ ވަޒީރު ބްލިންކެން ޗައިނާގައި

އަހުމަދު ޝުރާއު

logo

4/24/2024, 5:51:05 PM

# އެމެރިކާ - ޗައިނާ

އެމެރިކާގެ ހާރިޖީ ވަޒީރު ބްލިންކެން ޗައިނާގައި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ތިން ދުވަހުގެ ދަތުރަކަށް ޗައިނާއަށް ވަޑައިގެންފިއެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި ބްލިންކެން ޗައިނާއަށް ވަޑައިގެންނެވީ ޔޫކްރެއިން، އިސްރާއީލް އަދި ޓައިވާނަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީ ލިބޭނެ ބޭރުގެ އެހީގެ ޕެކޭޖެއް ސެނެޓުން ފާސްކުރިތާ އެއްދުވަސްވެސް ނުވަނީހެވެ.

ބުދަ ދުވަހު ޝަންހާއީއަށް ފައިބައިވަޑައިގެންނެވި ބްލިންކެން ހުކުރު ދުވަހު ބެއިޖިންއަށް ވަޑައިގަތުމުގެ ކުރިން އެ ސިޓީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ.

ދެގައުމުގެ ސަރުކާރުން ބުނީ މި ދަތުރަކީ މަޝްވަރާތައް ހަރުދަނާކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ހަމައަކަށް އެޅުވުމަށް ބްލިންކެން ޗައިނާއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ޓައިވާނާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުރައްކާތަކާ ދެކޮޅަށް އަށް ބިލިއަން ޑޮލަރު ކަނޑައެޅުމަށް އެމެރިކާގެ ސެނެޓުން ފާސްކުރި ބިލުގައި ހިމަނާފައިވެއެވެ. މިއާއި އެކު ޗައިނާ އާއި އެމެރިކާގެ ގުޅުމަށް މި ބިލުގެ ސަބަބުން އަސަރުތަކެއް ކުރާނެކަން މީގެ ކުރިންވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައި އެވެ. އެހެން ކަމުން ބްލިންކެންގެ ދަތުރުފުޅަކީ ކޮށްދާނެ އަސަރަކަށް ތައްޔާރުވެ މަޝްވަރާތައް ކުރުމަށް ކުރާ ދަތުރުފުޅެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ޗައިނާ ޓައިވާން ގެ މައްސަލައަކީވެސް ރަޝިޔާއާއި ޔޫކްރެއިން މައްސަލަ އާއި ދާދި އެއްގޮތް މައްސަލައެކެވެ. އެގޮތުން ޗައިނާއިން ޓައިވާނުގެ މިލްކުވެރިކަން ބޭނުންވާއިރު އެމެރިކާއިން ދަނީ ޓައިވާން ވަކި ދައުލަތެއް ގޮތުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ