logoEN
cocacola
މަޖިލީހުގެ މެމްބަރުންގެ ދާއިރާއާ ގުޅޭ ކަންކަމުގައި ގުޅުއްވުމަށް އިސްލާމިކް މިނިސްޓްރީގައި ހާއްސަ މަންދޫބެއް!

މަޖިލީހުގެ މެމްބަރުންގެ ދާއިރާއާ ގުޅޭ ކަންކަމުގައި ގުޅުއްވުމަށް އިސްލާމިކް މިނިސްޓްރީގައި ހާއްސަ މަންދޫބެއް!

އަހުމަދު ޝުރާއު

logo

4/24/2024, 9:56:16 AM

# މިނިސްޓަރ ޝަހީމް

ޝަހީމް

އިސްލާމިކް މިނިސްޓްރީއާއި ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެއްބާރުލުން ދެއްވުމަށް ހާއްސަ މަންދޫބެއް ކަނޑައަޅައިފިއެވެ.

ގޮސިޔާ

މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާކަމަށެެވެ. އަދި އެ މަސައްކަތުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެންބަރުން ދާއިރާގެ ކަންކަމުގައި ޚިދުމަތް އަވަސްކުރުމަށް ގުޅުއްވުމަށް ޚާއްޞަ މަންދޫބެއް ކަނޑައަޅާފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އެގޮތުން ޑރ. ޝަހީމް ވިދާޅުވި މަޖިލީހުގެ މެންބަރުންގެ ޚިދުމަތުގައި ހުންނަވާނީ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އުސްތާޛު ޔާސީން ނަޢީމްކަމަށެވެ.

View post on Twitter

މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމަށްވާތީ، އެބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެކަމަށާއި އަދި ޕާޓީތައް ތަފާތުކުރުމެއް ނެތި ހުރިހާ މެންބަރުންނަށްވެސް ޚިދުމަތް ދެއްވާނެކަމަށް ޑރ.ޝަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މިއީ މަޖިލިސް މެމްބަރުންނަށް ދާއިރާއާއި ގުޅޭ ކަންކަމުގައި އެހީތެރިވުމަށް ސަރުކާރުގެ މިނިސްޓްރީއަކުން މަންދޫބަކު ހަމަޖެއްސި ފުރަތަމަ ފަހަރެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ