logoEN
cocacola
އައު ޓާމިނަލް ނިމުމަކާއި ގާތަށް, މަންޒަރު ވަރަށްވެސް ޗާލު!

އައު ޓާމިނަލް ނިމުމަކާއި ގާތަށް, މަންޒަރު ވަރަށްވެސް ޗާލު!

އަހުމަދު ޝުރާއު

logo

4/24/2024, 9:45:34 AM

# ވީއައިއޭ

ވީއައިއޭގެ އައު ޓާމިނަލް

ރާއްޖޭގައި މައި ދޮރާށި, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާއިރު އިއްޔެ މޯލްޑިވްސް އެއާޕޯޓްސް ކޮންމެޕީ ލިމިޓެޑުން މިވަނީ އައު ޓާމިނަލްގެ މަލަމަތީ ފެންނަ ޗާލު ފޮޓޯއެއް މީސްމީޑިއާއަށް ދޫކޮށްލާފައި އެވެ.

ގޮސިޔާ

އެގޮތުން އައު ޓާމިނަލްގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު ސްޓްރަކްޗާގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައި އެވެ. އެގޮތުން އެންމެ ފަހުން އެމްއޭސީއެލުން ހާމަކުރި މައުލޫމާތަށް ބަލާއިރު ޓާމިނަލްގައި އެއިރޯ ބުރިޖްތައް ހަރުކުރަން ވަނީ ފަށާފައި އެވެ. ރާއްޖޭގެ މައި އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އިން ބުނީ ޓާމިނަލް ތެރެއިން ސީދާ މަތިންދާބޯޓަށް އެރޭ ގޮތަށް އެއިރޯބްރިޖްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓާމިނަލްއެއްގައި މިފަދަ ބްރިޖް ހަރުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އާ ޓާމިނަލް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އަދި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕާއެވެ. ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.

View post on Twitter

މިމަޝްރޫއު ކުރިއަށް ގެންދަނީ މެދުއިރުމަތީގެ ތަފާތު ހަތަރު ފަންޑަކުން ލޯނު ހަމަޖައްސައިގެންނެވެ. އެގޮތުން ކުވައިތު ފަންޑު، އަބޫ ދާބީ ފަންޑު، އޯޕިޑް، އަދި ސައުދީ ފަންޑުން ވަނީ ފައިސާ ހަމަޖައްސާދީފައެވެ. މި ޓާމިނަލް ތަރައްގީ ކުރަނީ އަހަރަކު 7 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

300 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މި މަޝްރޫއު މިއަހަރު ފަހުކޮޅަށް ނިންމާ ބޭނުން ކުރުމަށް އެމްއޭސީއެލް އިން ވަނީ އަމާޒު ހިފާަފައެވެ. މި އެއާޕޯޓުގައި ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ހުންނާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ