logoEN
cocacola
ފްރާންސުގައި ހުންނަ އީރާނުގެ އެމްބަސީއަށް ވަދެ ބޮމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ފްރާންސުގައި ހުންނަ އީރާނުގެ އެމްބަސީއަށް ވަދެ ބޮމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

4/19/2024, 5:20:26 PM

# ފްރާންސް

އިރާނު އެމްބަސީ ބޭރުގައި ފްރާންސުގެ ފުލުހުން

ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އީރާނުގެ އެމްބަސީގައި ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހަކު ފްރާންސްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގޮސިޔާ

ފްރާންސްގެ ޕްރޮސެކިއުޓަރުން ބުނީ ހުކުރު ދުވަހު އެމްބަސީގެ ކޮންސިއުލާ އޮފީހަށް މީހަކު ހަތިޔާރާއެކު ވަދެފައިވާ ކަމަށް ރިޕޯޓް ކުރުމާ ގުޅިގެން އެގައުމުގެ ފުލުހުން ވަގުތުން ހަރަކާތްތެރިވި ކަމަށާއި އެމީހާ ފުރަތަމަ ހިފަހެއްޓީ އެމްބަސީގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ކަމަށެވެ.

ޕެރިހުގެ ޕްރޮސެކިއުޓަރުގެ އޮފީހާ ހަވާލާދީ އެޖެންސް ފްރާންސް-ޕްރެސް ނިއުސް އެޖެންސީން ބުނީ، އީރާނަށް އުފަން އެ މީހާ ހައްޔަރުކުރީ "އެމްބަސީއަށް ވަދެ އިންޒާރު" ދިނުމަށްފަހު އަމިއްލަ އިހުތިޔާރުގައި އެމްބަސީއިން ނުކުތުމުން ކަމަށެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ފުލުހުންގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެ މީހާ ފެނުނީ މިއަދު ހެނދުނު 11:00 އެހާކަންހާއިރު ކޮންސިއުލާ އޮފީހަށް ވަދެ، ގްރެނޭޑާއި އެކްސްޕްލޯސިވް ވެސްޓެއް ކަމަށް ބެލެވޭ އެއްޗެއް ހިފައިގެން ހުއްޓާއެވެ. ނަމަވެސް ފަހުން ބެލި ބެލުމުން އޭނާ އަތުން ފެނިފައިވަނީ ރެޕްލިކާ ގްރެނޭޑް ތަކެއްކަން އޮފިޝަލް ވަނީ ކަށަވަރުކޮށްދީ ފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ