logoEN
cocacola
އީ ވޮލެޓް ތައާރަފްކޮށް ޒުވާނުންގެ އާދޭހަށް ނިމުމެއް!

އީ ވޮލެޓް ތައާރަފްކޮށް ޒުވާނުންގެ އާދޭހަށް ނިމުމެއް!

އަލްފާ އަލީ

logo

3/31/2024, 8:50:49 AM

# އީ ވޮލެޓް

ބީއެމްއެލް

އީ ވޮލެޓް ހިދުމަތް ނުވަތަ އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރަސް އެޅިފައި އޮތުމަކީ އެތަކެއް ދިވެހި ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ ކަންބޮޑުވުމަކަށް ވެފައި އޮތް ކަމެކެވެ.

ގޮސިޔާ

ރާއްޖެއަކީ އެތަކެއް ހުނަރުވެރި ޒުވާނުން ތިބި ގައުމެކެވެ. އެޒުވާނުންނަށް އޮތް ހުރަހަކީ ރާއްޖޭގައި ހުރެ ރާއްޖެއިން ބޭރަށް އިޝްތިހާރުކޮށް އާމްދަނީ ހޯދުމެވެ. ފޮޓޯ ނަގާމިހަކުވެސް، ކުރެހުންތެރިޔަކުވެސް އަދި ހަމައެހެންމެ އަމިއްލަ އުފެއްދުންތައް އުފައްދާ މީހަކުވެސް އެމީހުންގެ ހުނަރު ރާއްޖެއިން ބޭރަށް ވިއްކާނުލެވެނީ އާމްދަނީ ހޯދުމަށް އޮތް ހުރަހަކުންނެވެ. މިއޮއްހާ ދުވަހު ދިވެހި ފަންނުވެރިންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ އެބައެއްގެ ހުނަރު ރާއްޖޭގެ މާކެޓްގައި ވިއްކުމެވެ. ބޭރުގެ މާކެޓަކަށް ވިއްކަން ބޭނުންނަމަ ލިބޭ އާމްދަނީ ބޭންކު އެކައުންޓަށް ލިބޭ ގޮތް ހެދުން އޮންނަނީ އުދަނގޫ ކަމަކަށް ވެފައެވެ.

ދިވެހި ފަންނުވެރިންނާއި ޒުވާނުން މިކަމުގެ ޝަކުވާ ނުކުރާ ދުވަހެއް ނުދެއެވެ. ނަމަވެސް މިއަދު އެ ހުރިހާ ޝަކުވާއަކަށް ލިބިގެން ދިޔައީ އުފާވެރި ޖަވާބެކެވެ. މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭރުގެ މާރޗަންޓުން އަންބްލޮކްކޮށް މުއާމަލާތްކުރެވޭގޮތް ބޭންކް އޮފް މޯލްޑިވްސް އިން ހަދައި އިއުލާން ކުރީ މިއަދު އެވެ.

މި ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެއެވެ.

މިއަދު މި ހުޅުވާލެވުނު ފުރުސަތާއެކު ބޭރު ދުނިޔޭގެ މާކެޓްގައި ދިވެހިންގެ ފަންނުވެރިކަން މަގުބޫލުވެގެން ދާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ދިވެހި އުފެއްދުންތައް އަމިއްލައަށް ގޭގައި ހުރެ އިޝްތިހާރުކޮށް ބޮޑެތި އީކޮމާސް ވެބްސައިޓުގައި ލިސްޓުކޮށް އާމްދަނީވެސް ހޯދުނީއެވެ. އަދި މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެންވެސް ސީދާ އަމިއްލަ ޖީބަށް ފައިސާ ޖަމާކުރެވޭނެ މަގުފަހިވީ އެވެ.

އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ވައުދު ފުއްދައިދިނުމަކީ ޒުވާނުންގެ އާދޭސްތައް އަޑު އަހާ ވެރިއެއް ހުރިކަމުގެ އިހުސާސް އެ ޒުވާނުންނަށް ކުރެވޭނެ ކަމެއްކަން ޔަގީނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ