

.jpeg?w=3840&q=75)





788BDB02-E695-444A-BD78-1B5C381E1FE6
އެންދަަމަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފަ އޮއްވާ ފެނިއްޖެއެވެ.
ނިޔާވެފައިއޮއްވާ ފެނުނީ ގއ. ދެއްވަދޫ އަށް އުފަން 53 އަހަރުގެ މުހައްމަދު ރަޝީދެވެ.
ދެއްވަދޫންއިން ގާފު ނޫހަށް މައުލޫމާތު ދެމުން މީހަކު ބުނެފައިވަނީ މުހައްމަދު ރަޝީދު ގެއްލުމާއި ގުޅިގެން ރަށު ބައެއް މީހުން ޑިންގީ ތަކުގައި ނުކުމެ ދެ ގަޑިއިރު ވަންދެން މުހައްމަދު ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް ބައިވެރިވެފައި ވެއެވެ.
އާންމުންނާއި އެމްއެންޑީއެފުން ކުރި މަސައްކަތުން މުހައްމަދު އޮޔާދަނިކޮށް ފެނި މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ދެއްވަދޫން ވާހަކަ ދެއްކި މީހަކު ކަށަވަރު ކޮށްދީފައި ވެއެވެ.
އެންދަމަން މުހައްމަދު ރަޝީދު ފޭބިކަމަށް ވަނީ ގއ ވިލިގަލާ ކިޔާ ފަޅު ރަށެއް ކައިރިޔަށް ކަމަށް މައުލޫމާތު ލިބެއެވެ.


.jpeg?w=3840&q=75)




