
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ރައްކާތެރި އަމާން ތަނަކަށް ބަދަލުކޮށްފައިވާކަމަށް ރިޕޯޓުކޮށްފި އެވެ.

ތެހެރާނުން މައުލޫމާތު ދިން ސަރަހައްދީ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އެގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެގައުމުގެ އެތެރޭގެ އަމާން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިކަން ހާމަކޮށްފައި މިވަނީ ޔަހޫދީން އިއްޔެ ބެއިރޫތަށް ދިން ހަމަލާއެއްގައި އިރާނުގެ ފުރިހަމަ ތާއީދު އޮތް ހިޒްބުالله ގެ އިސް ލީޑަރު ހަސަން ނަސްރަالله އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައި އެވެ. ނަސްރަالله އަވަހާރަވިކަން އަދި މިހާތަނަށް ހިޒްބުالله އިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް އިޒްރޭލުން އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.
އާޔަތުالله އަލީ ޚާމަނާއީ ރައްކާތެރިތަނަކަށް ބަދަލުކުރި އިރު މިދިޔަ ޖުލައި މަހު އިރާނަށް ޔަހޫދީން ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވަނީ އަވަހާރަކޮށްލާފައި އެވެ. އަދި އެކަމުގެ ބަދަލު ހިފުމަށް އިރާނުން ތައްޔާރީތަކެއް ވަމުންދާ ކަމަށް ބުނެ އިޒްރޭލުން އޮތީ ފާއިތުވި ދެމަހުވެސް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.
ގުޅުންހުރި

އިރާނުގެ އެއާޕޯޓަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފި: މިއީ މިހާތަނަށް އިރާނުގެ އެންމެ ދުރު ހިސާބަކަށް ދިން ހަމަލާ!

އިސްރާއީލުން އިރާނަށް ހަމަލާދިނުން: ތެލުގެ އަގު އުފުލިއްޖެ

އިސްރާއީލުން އިރާނަށް ހަމަލާދިނުން: 6 ނިއުކްލިއާ ސައިންޓިސްޓުން ޝަހީދުކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
