logoEN
cocacola
ޔާޔާ ނަބީލުގެ ބަންދަށް 15 ދުވަސް ޖަހައިފި

ޔާޔާ ނަބީލުގެ ބަންދަށް 15 ދުވަސް ޖަހައިފި

# ފުލުހުން

ޔާޔާ ނަބީލު

މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް)ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ގޮސިޔާ

އިއްޔެގެ ވަގުތެއްގައި ޔާޔާ ނަބީލް ހައްޔަރުކޮށްފައިވަނީ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑީއާގައި ވީޑީއޯ ޝާއިއުކުރުމުގެ ސަބަބުންނެވެ. 39 އަހަރުގެ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައިގައި ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޔާޔާ ނަބީލުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.

މީގެ ކުރިން ވެސް ޔާޔާ ނަބީލު ހައްޔަރުކުރިއެވެ. އެ ފަހަރު ވެސް އޭނާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ހާލުގައި ހުރި ފޮޓޯއާއި ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންދިޔަ މައްސަލައެއްގައެވެ. އެހެން ނަމަވެސް އެފަހަރު ކޯޓުން އޭނާ މިނިވަންވީއެވެ.

އެގޮތުން އެފަހަރު އޭނާ ދޫކޮށްލުމަށް ކޯޓުން ނެރުނު އަމުރުގައި ބުނީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާއޮތް ކަމަށް ބަޔާންކޮށް ފުލުހުން ފާހަގަކުރި ކަންކަމަށް ބަލާއިރު، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށާއި އަދި އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ އާއި، އޭނާ ބަންދުން ދޫކޮށްލި ނަމަވެސް، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ