logoEN
cocacola
ޖާބިރު މެމްބަރުކަމުން އިސްތިއުފާދެއްވައިފި

ޖާބިރު މެމްބަރުކަމުން އިސްތިއުފާދެއްވައިފި

އަލްފާ އަލީ

logo

5/3/2024, 1:35:39 PM

# އަބްދުﷲ ޖާބިރު# ރައްޔިތުންގެ މަޖިލިސް

އަބްދުالله ޖާބިރު --

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު މަޖިލީހުން އިސްތިއުފާދެއްވައިފިއެވެ.

ގޮސިޔާ

މަޖިލީހަށް ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައި މި މަހުގެ 28 ގައި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ލިބިގެން ދިޔުމަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީ ފަހަތަށް ސޮއްސައިލައިގެން ދިޔަ ކަމެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ އޭނަ މަޖިލީހަށް މިދިޔަ މަހު މަޖިލީހަށް ވާދަކުރަން ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމެރީ ވާދަކޮށް ޓިކެޓް ލިބުމުން ޕާޓީން ބޭރުކޮށް ޕްރައިމަރީގައި ވާދަނުކުރާ މީހަކަށް ޓިކެޓް ވެދުމަށް އެރުވުމަކީ ވެސް ޑިމޮކްރަސީގެ ރީތި އުސޫލްތަކާ ހިލާފުކަމެއް ކަމަށެވެ.

އެމްޑީޕީން ޓިކެޓް އަތުލުމުން ޖާބިރު ވަނީ އަމިއްލަ ގޮތުން 20ވަނަ މަޖިލިސް އިންތިހާބުގައި ވާދަކޮށްފައެވެ. ނަމަވެސް އެ އިންތިހާބުން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

ނަވާރަ ވަނަ މަޖިލީހުގެ މެންބަރުކަމުން ޖާބިރު އިސްތިއުދާ ދެއްވި އިރު، މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މި މަހުގެ 13 ގަ އެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ