logoEN
cocacola
މަރުޙޫމާ ޑރ. ރަމްޝާގެ އަގުނުކުރެވޭ ޚިދުމަތް ފާހަގަކުރައްވާ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި

މަރުޙޫމާ ޑރ. ރަމްޝާގެ އަގުނުކުރެވޭ ޚިދުމަތް ފާހަގަކުރައްވާ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި

އަހުމަދު ޝުރާއު

logo

5/2/2024, 5:13:26 PM

# ރައީސް މުއިއްޒު

ޑރ ރަމްޝާ

މަރުޙޫމާ ޑރ. ރަމްޝާގެ ޚދިުމަތް ފާހަގަކުރައްވާ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޑރ. ރަމްޝާގެ އާއިަލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.

ގޮސިޔާ

ރައީސްގެ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ޚިދުމަތްތެރި އަދި މަޤްބޫލު ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައާއެކުގައިކަމަށެވެ. އަދި ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއްކަމަށާއި، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ޑރ. ރަމްޝާއަކީ ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއް ކަމަށެވެ. މިއާއިއެކު މަރްޙޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމާއަށް މިންވަރުކުރައްވާތޯ ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

View post on Twitter

ޑރ ރަމްޝާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައި އެވެ. ކެންސާ ސޮސައިޓީގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެެސް ހުންނެވި ޑރ. ރަމްޝާ ވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރުގެ މަގާމު ފުރުއްވާފަ އެވެ. އަދި ބެންކޮކުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކޮށްފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ