logoEN
cocacola
ބިލުތަކުން ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ އެކަން ހައްލުކުރުމަށް ރައީސް އަންގަވައިފި

ބިލުތަކުން ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ އެކަން ހައްލުކުރުމަށް ރައީސް އަންގަވައިފި

އަހުމަދު ޝުރާއު

logo

5/2/2024, 4:53:58 PM

# ރައީސް މުއިއްޒު

ރައީސް މުއިއްޒު

ކަރަންޓާއި ފެނުގެ ބިލުތަކުން ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ އެކަން ހައްލުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކަމާބެހޭ ފާރާރަތްތަކަށް އަންގަވައިފި އެވެ.

ގޮސިޔާ

މިކަން ހާމަކުރައްވައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދެއް ކަމަށާއި ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.

މިފަދައިން ހީނާ ހާމަކުރެއްވި އިރު ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯއިން ވަނީ ނިމިދިޔަ މަހުގެ ބިލުތަކުން ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށާއި ބިލުތައް އަދާހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މިރޭ ހާމަކޮށްފައި އެވެ.

View post on Twitter

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މުއާޒް މިއަދު ވިދާޅުވީ ބޮޑުވެފައިވާ ކަރަންޓު ބިލަށް ލުއި ދިނުމުގެ ގޮތުން މާޗް މަހުގެ ބިލަށްވުރެ ބޮޑުނުވާނެގޮތަށް ނިމިދޔަ އޭޕްރިލް މަހުގެ ކަރަންޓް ބިލްތައް އަލުން ބިލްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. އެގޮތުން މި ނިންމުން ނިންމާފައިވަނީ އެންމެ ފަހުން ބިލް ކުރެވުނު އެޕްރީލް މަހުގެ ބިލްތަކުގައި ރަމަޟާން މަހުން ބައެއް ހިމެނި، ކަރަންޓު ބޭނުންކުރުން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް އިތުރަށް ވިދާޅުވީ މާޗް މަހުގެ ބިލުގެ އަދަދަށްވުރެ އިތުރަށް އޭޕްރީލް މަހުގެ ބިލަށް ފައިސާ ދައްކާފައިވާ އަދަދު އިތުރުވާނަމަ އިތުރަށް ދެއްކި އަދަދު ދެން ފޮނުވޭ ބިލުން ޑިސްކައުންޓް ކުރެވޭނެ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައިކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވަނީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.

ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލް އާންމު މަސްތަކުގެ ބިލްތަކަށްވުރެ ބޮޑުނުވާނެ ގޮތަށް ހަމަޖެއްސުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ތިން ކުންފުނި ކަމަށްވާ ސްޓެލްކޯ, ފެނަކަ އަދި އެމްޑަބްލިއުއެސްސީއަށް އަންގަވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ