logoEN
cocacola
ވާދަވެރި ކުޅުމަށްފަހު ޒެނޮފީލިއާ ބަލިކޮށް ވެލާ އެސްސީ ސެމީ ފައިނަލަށް

ވާދަވެރި ކުޅުމަށްފަހު ޒެނޮފީލިއާ ބަލިކޮށް ވެލާ އެސްސީ ސެމީ ފައިނަލަށް

ހަސަން ޝަމްއޫން

logo

5/2/2024, 2:44:28 PM

# ދިވެހި ކުޅިވަރު # ފުޓްސަލް# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024

ޒެނޮފީލިއާ އާއި ވެލާ އެސްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ސަޖާތު އަހުމަދު

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވެލާ އެސްސީ އާއި ޒެނޮފީލިއާ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގައެއް ވެލާ އިން ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

ވެލާ އެސްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، އަނެއް ދެމެޗު އެއްވަރުކޮށް ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޒެނޮފީލިއާ ކުއާޓާގެ ފުރުސަތު ހޯދީ ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު، އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފު 3-1 ގެ ނަތީޖާއަކުން ވެލާ އެސްސީ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި ޒެނޮފީލިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މިމެޗުގައި ޒެނޮފީލިއާ މުހައްމަދު ޒައިން ނިޔާޒު އަދި ކެޕްޓަން އަހުމަދު ޖާވިދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ވެލާ އެސްސީގެ އަހުމަދު ހުސާމް، އަހުސަން ރަޝާދުގެ އިތުރުން މުހައްމަދު ހަފީޒް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވެލާ އެސްސީގެ އަހުމަދު ހުސާމް އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ކުއާޓާ ފައިނަލަށް ހޮވިފައިވާއިރު، ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގައި ބާކީ ހުރި މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ލެގޫންސް ފުޓްސަލް ދަނޑުގައެވެ.

މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ