logoEN
cocacola
އަލްސަންގެ ހެޓްރިކާއެކު ގެމަލޭންޑް ބަލިކޮށް ޓީއެންޓީ ސެމީ ފައިނަލަށް

އަލްސަންގެ ހެޓްރިކާއެކު ގެމަލޭންޑް ބަލިކޮށް ޓީއެންޓީ ސެމީ ފައިނަލަށް

ހަސަން ޝަމްއޫން

logo

5/2/2024, 12:45:23 PM

# ފުޓްސަލް# ދިވެހި ކުޅިވަރު # ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024

ކުލަބު ޓީއެންޓީ އާއި ގެމަލޭންޑް ވާދަކުރި މެޗުގެ ތެރެއިން... ފޮޓީ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ކުލަބު ޓީއެންޓީ އާއި އެފްސީ ގެމަލޭންޑް ވާދަކުރި މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޓީއެންޓީ އިން ހޯދައިފިއެވެ.

ގޮސިޔާ

ކުލަބު ޓީއެންޓީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ގެމަލޭންޑް ކުއާޓާގެ ފުރުސަތު ހޯދީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު އެއް މެޗުން ބަލިވެ އަނެއް މެޗު ވަނީ އެއްވަރުވެފައެވެ.

undefinedކުލަބު ޓީއެންޓީ އާއި ގެމަލޭންޑް ވާދަކުރި މެޗުގެ ތެރެއިން... ފޮޓީ: ގާފު ސްޕޯޓްސް / އާހިލް

މެޗުގެ ފުރަތަމަ ހާފު 2-0 ގެ ނަތީޖާއަކުން ޓީއެންޓީ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ގެމަލޭންޑްގެ އާދަމް އަރީޝް އަދި އިބްރާހީމް ޞަޚާފް އާދަމް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

undefinedކުލަބު ޓީއެންޓީ އާއި ގެމަލޭންޑް ވާދަކުރި މެޗުގެ ތެރެއިން... ފޮޓީ: ގާފު ސްޕޯޓްސް / އާހިލް

މީގެ އިތުރުން މިމެޗުގައި ކުލަބު ޓީއެންޓީގެ އަލީ އަލްސަން ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއުރު، އެޓީމުގެ މުހައްމަދު އިޔާދު އަލީ އަދި އަލީ ހުމޭޒު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަފި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކުލަބު ޓީއެންޓީގެ އަލީ އަލްސަން އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ކުއާޓާ ފައިނަލަށް ހޮވިފައިވާއިރު، ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގައި ބާކީ ހުރި މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ލެގޫންސް ފުޓްސަލް ދަނޑުގައެވެ.

މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ