logoEN
cocacola
ފަހަތުން އަރައި ބީސްޓް  ބަލިކޮށް ޕާކް ސެމީ ފައިނަލަށް

ފަހަތުން އަރައި ބީސްޓް ބަލިކޮށް ޕާކް ސެމީ ފައިނަލަށް

ހަސަން ޝަމްއޫން

logo

5/2/2024, 12:28:39 PM

# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024# ފުޓްސަލް# ދިވެހި ކުޅިވަރު

ބީސްޓް އެފްސީ އާއި ޕާކު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން .. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ބީސްޓް އެފްސީ ބަލިކޮށް ޕާކް ސްޕޯޓްސް ކުލަބު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

ޕާކު އެސްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ބީސްޓުން ކުއާޓާގެ ފުރުސަތު ހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުވެސް ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިންމެޗުން މޮޅުވިއިރު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީކުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބީސްޓު ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފުގައި ޕާކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ހަތަރު ލަނޑު ކާމިޔާބުކުރިއިރު ބީސްޓަށް ދެވަނަ ހާފުގައި ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. އެގޮތުން މިމެޗުގައި ބީސްޓުގެ މޫސާ އަސްއަދު އަންވަރު އަދި އަފްޒަލް މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މިގެ އިތުރުން މިމެޗުގައި ޕާކުގެ ޔޫސުފް ޝާއިފް، އަބްދުﷲ ފައިޒާން އަބްދުލް ޣަގޫރު، އަލީ މީސާގު އީސާގެ އިތުރުން މުހައްމަދު ޝާއިން މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޕާކު ސްޕޯޓްސް ކުލަބުގެ އަބްދުﷲ ފައިޒާން އަބްދުލް ޣަފޫރު އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ކުއާޓާ ފައިނަލަށް ހޮވިފައިވައިރު، ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގައި ބާކީ ހުރި މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ލެގޫންސް ފުޓްސަލް ދަނޑުގައެވެ.

މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ