logoEN
cocacola
ކޮލަމްބިއާއިން ޔަހޫދީ އިސްރާއީލާއި އެކު ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލަން ނިންމައިފި

ކޮލަމްބިއާއިން ޔަހޫދީ އިސްރާއީލާއި އެކު ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލަން ނިންމައިފި

އަހުމަދު ޝުރާއު

logo

5/1/2024, 6:06:55 PM

# ޔަހޫދީ އިސްރާއީލް

ކޮލޮމްބިއާއިން ޔަހޫދީ އިސްރާއީލާއި އެކު ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލަން ނިންމައިފި އެވެ.

ގޮސިޔާ

މިކަން އިއުލާނުކުރެއްވީ ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އެވެ. އެގޮތުން މިއަދު ފާހަގަކުރާ މަސައްކަތެރިންގެ ދުވަހުގެ މުނާސަބަތުގައި ކޮލަމްބިއާގައި ބޭއްވި ޚާއްސަ ރެލީއެއްގައި ރައީސް ގުސްޓާވޯ ޕެޓްރީ ވިދާޅޫވީ ޔަހޫދީ އިސްރާއީލާއި އެކު އެގައުމުނެ ދަމަހައްޓަމުންދާ ޑޮމްލޮމެޓިމް ގުޅުންތައް މާދަމާއިން ފެށިގެން ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުން ނިންމާފައިވަނީ ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ކަމަށްވެސް ރައީސް ގުސްޓާވީ ވިދާޅުވިއެވެ.

ގުސްޓާވޯ ޕެޓްރޯ ވަނީ އެރެލީގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މީގެ އިތުރުން ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުން ޖަރީމާ ހިންގަމުންދާ ކަމަށް ބުނެ ދެކުނު އެފްރިކާގެ މައްސަލާގައި ބައިވެރިވުމަށް އެދިފަ އެވެ.

މީގެ އިތުރުން ޣައްޒާގައި ހިނގަމުންދާ ކަންކަމަށް އަޅާނުލާ ނުތިބުމަށް ރައީސް ގުސްޓާވޯ ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަކަށް ގޮވާލާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ