logoEN
cocacola
8 ސަފީރަކަށް ރުހުން ދޭން މަޖިލީހުން ފާސްކޮށްފި

8 ސަފީރަކަށް ރުހުން ދޭން މަޖިލީހުން ފާސްކޮށްފި

# ރައްޔިތުންގެ މަޖިލިސް# ސަފީރުން

--

ސަފީރުކަމާއި މަންދޫބުކަމަށް އައްޔަނުކުރުމަށް ނަން ފޮނުވި އަށް ފަރާތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ގޮސިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ސަފީރުކަމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މި ނަންތައް ކޮމިޓީން ފާސްކުރީ މި މަހުގެ 23 ގައެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ފަރާތްތައް:

  • ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މަސްއޫދު އިމާދު، މ. ތުޅާގިރި
  • މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، މ. ރުއްފުށި
  • ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، ޤީލާ އަލީ، މ. ގީރާވިލާ
  • އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މުހައްމަދު ހުސައިން ޝަރީފް، މ. ކޮތަންމާގެ
  • އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، ޑރ. އިރުތިޝާމް އާދަމް، ހ. އޯކިޑް
  • އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ރާއްޖެއިން ކަނޑައަޅާ މަންދޫބު ކަމަށް، ޑރ. އަލީ ނަސީރު މުހައްމަދު، ބެންހާގެ، ގދ. ގައްދޫ
  • ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅާ މަންދޫބު ކަމަށް، ޑރ. ސަލްމާ ރަޝީދު، މ. ވިލާދަށުގެ
  • ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މުހައްމަދު ލުވޭޒު، މއ. ދިލާސާގެ

ސަފީރުންނަށް ރުހުން ދިނުން ލަސްވި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ