logoEN
cocacola
މަގުމަތީގައި އިންދާފައިވާ ގަހަކުން ގެއްލުމެއް ނުލިބޭ، ނަމަވެސް ހައްލެއް ނުލިބުނު ތިނަދޫ ކުނިކޮށިން އަރާ ދުމުން ލިބޭ!

މަގުމަތީގައި އިންދާފައިވާ ގަހަކުން ގެއްލުމެއް ނުލިބޭ، ނަމަވެސް ހައްލެއް ނުލިބުނު ތިނަދޫ ކުނިކޮށިން އަރާ ދުމުން ލިބޭ!

gdh.thinadhdoo kunigodu

ރަހްމަތްތެރިޔަކާއެކު ކޮފީއެއްގައި އިނދެ ފޭސްބުކް ހުޅުވައިގެން ބަަލަމުންދަނިކޮށް ރީތި ފޮޓޯތަކެއް ފެނުމުން އެ ފޮޓޯ ހިއްސާކޮށް ލިޔެފައިވާ ލިޔުންކޮޅު ކިޔާލީމެވެ. ފެންނަ ފެނުމުން އެ ފޮޓޯގައިވާ އިމާރާތުގެ ކުރިމަތީގައި އިންދާފައި ތިބި ގަސްތައް ކިތަންމެހާވެސް ރީއްޗެވެ. އެންމެ ފުރަތަމަ އެއީ އެ ރެސްޓޯރަންޓު ޕްރޮމޯޓްކުރަން ޖަހާފައިވާ ޕޯސްޓެއް ކަމަށް ހީވިއެވެ. ނަމަވެސް އެ ފޮޓޯ ހިއްސާކޮށް ލިޔެފައިވާ ލިޔުންކޮޅުގައި ވަނީ ހީކުރި ގޮތާ ޚިލާފު ބަސްތަކެކެވެ.

ގޮސިޔާ

"ތިނަދޫ ސިޓީގެ މަގުތައް ސާފުކޮށް ބެހެއްޓުމަށްޓަކައި މަގުތަކާއި ދުވަރުތަކުގައި އިންދާފައިވާ ނުވަތަ ހެދިފައިވާ ގަސްތަކާއި ވިނަތަށް ނޮޅައި ސާފުކޮށް ބެހެޓުމަށް އެގެތަކުގެ ވެރިންނަށް އިލްތިމާސްކުރަމެވެ." މިހެން ލިޔެ ކޮށްފައިވާ އެ ޕޯސްޓަކީ ތިނަދޫ ކައުންސިލުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ޕޯސްޓެކެވެ.

ކޮންމެއަކަސް މާ ގިނަ ކޮމެންޓްތައް ހުރުމުން ފަހަރަކު ކޮމެންޓެއް ކިޔަން ފެށީމެވެ. ގަސްތައް އެތަނުން ނެގުމަށް އިލްތިމާސްކޮށްފައިވީ ނަމަވެސް އެ ޕޯސްޓަށް ކޮމެންޓްކޮށްފައި ތިބި ތިނަދޫ ރައްޔިތުންގެ ޚިޔާލު އެކަމާ ތަފާތެވެ. ބަޔަކު މީހުން އެއީ ވަކި ބަޔަކާ ޒާތީވެގެން ޖަހާފައިވާ ޕޯސްޓެއް ކަމަށް ބުނަމުންދިޔައިރު، ބައެއް މީހުން ދިޔައީ އެ ގަސްތައް އެތަނުގައި އިންދާފައި ހުރުމުން އެތަނުގެ ރީތިކަމަށް ތައުރީފުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އުޅަނދުފަހަރު ދުއްވުމުގައި އުނދަގުލެއް ނުވާނެ ކަމަށްވެސް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވެއެވެ.

އަދި ތިނަދޫ އެކި ސަރަހައްދުތަކުގައި ހިނގާބިގާވެ އުޅޭ މީހުންނާއި މަގުމަތީގައި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތަށް ހުރި ބައެއް ތަކެއްޗާއި ހެދިފައިވާ ވިނަތައް ނޮޅައި ސާފުކުރުމަށް ތިނަދޫ ކައުންސިލުން އަމުރުކުރަން ނުކުޅެދިފައިވާކަންވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

undefined

ވާނީވެސް އެހެންތާއެވެ. ތިނަދޫ ކައުންސިލުގެ ޕޭޖުން ޖަހާފައިވާ ފޮޓޯއަކީ ތިނަދޫގައި ހިންގާ ރެސްޓޯރެންޓެއްގެ ފޮޓޯއެެކެވެ. ނަގަން އަންގާފައިވަނީ އެތަނުގެ ވެރިފަރާތުން ބޮޑެތި ޚަރަދުތައް ކޮށްގެން އިންދާފައި ހުރި ބަގީޗާ ގަސްތަކެކެވެ. އެ މަގަކީ ތިނަދޫގެ ނިސްބަތުން ބޮޑު މަގަކަށް ވެފައި އެސަރަހައްދުގައި ދުއްވާ އުޅަނދަކަށްވެސް އުނދަގޫ ވާނެ ގޮތަކަށް ހުރި ތަނެއް ނޫނެވެ.

ނަމަވެސް ތިނަދޫ ކައުންސިލުން އެގޮތަށް އަމަލުކުރަން ވީ ސަބަބު ބާއްވާނަމެވެ. ތިނަދޫ ރައްޔިތުންގެ އެތަކެއް ދުވަސްތަކެއްގެ ޝަކުވާއަކަށް ޖެހިލާނަމެވެ. އެތައް ބަޔަކަށް ސިއްހީގޮތުން އެތަކެއް ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. އެއީ ތިނަދޫ މާފުށީ ސަރަހައްދުގައި ހުންނަ ކުނިކޮށީގެ ވާހަކައެވެ. އެކުނިކޮށިން އަރާ ވިހަ ދުމުގެ ވާހަކައެވެ. އެތަން ރަގަޅަށް މެނޭޖްނުވުމުގެ ސަބަބުން މުޅި ރަށުގައި ދޭތެރެދޭތެރެއިން މެހީގެ އުނދަގޫ ބޮޑުވެގެން އުޅޭ ވާހަކައެވެ.

undefined

ތިނަދޫ ކުނިކޮށިން ކުނި އަންދާއިރު ހާއްސަކޮށް ހުޅަނގުއުތުރުން ވައިޖެހޭ ދުވަސްވަރު އެތަނުން އަރާ ދުމުގެ ސަބަބުން އެސަރަހައްދު އަދި ތިނަދޫ ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކުގެ ވާހަކައެވެ. ކުނިކޮށި އެތަނަށް ބަދަލުކުރިތާ އެތައް އަހަރުތަކެއް ވެގެންދިޔައިރު އެތައް ސަރުކާރެއް އެތަކެއް ކައުންސިލެއް އައިސް ނިމިގެންދިޔައިރުވެސް ހައްލެއް ހޯދައިނުދެވުނު ތަނެއްގެ ވާހަކައެވެ.

ސަރުކާރުތަކުންވެސް އަދި ކައުންސިލްތަކުންވެސް މިކަމަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވެއެވެ. ކުރިން ބުނިހެން ހުޅަނގުއުތުރުން ވައިޖެހޭ ނަމަ އެސަރަހައްދުގެ ރައްޔިތުން ތިބެން ޖެހެނީ އެ ދުމުގެ ތެރޭގައެވެ. އެތަނުން އަރާ ދުން ތިނަދޫގެ އުތުރުން އެންމެ ދެކުނާ ހަމައަށް ފޯރައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެތަކެއް އުނދަގޫތަކެއް ވެއެވެ. ބޭރުފުށުން ނުފެނުނަށް ސިއްހީގޮތުން ވެސް ގެއްލުންތައް ލިބެއެވެ. އަދި އެތައް ސަތޭކަ ކުޑަކުދިން ކޮންމެ ދުވަހަކުހެން ހިތްހަމަޖައްސާލައި އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ދާ ތިނަދޫ މިއުޒިއަމް ޕާކުގައިވެސް ކުނިކޮށިން ރަށުތެރެއަށް އަރާ ދުމުގެ ސަބަބުން ރައްކާތެރި މާހައުލެއް ނެތެވެ.

undefined

ރީތި ހެދުން ލައިގެން ހަވީރު ފިންޏަށް ބުރެއް ޖަހާލަން ނުކުތަސް އެސަރަހައްދުން ދުއްވާފައި އަންނައިރު ޖަހައިގެން ނުކުތް ސެންޓުގެ ވަސް ހުންނަނީ ކުނި ދުމުގެ ވަހަށް ބަދަލުވެފައެވެ. ނޭފަތުން އެ ދުމުގެ ވަހުގެ އަސަރު ނުކެނޑި އެތައް އިރެއް ވަންދެން ހުރެއެވެ.

undefined

ދެން ސުވާލަކީ މަގުމަތީގައި އިންދާފައިވާ ރީތި ބަގީޗާ ގަސްތައް ނެގުމަށް ކައުންސިލުން މަޖުބޫރު ކުރުވާއިރު ކުނިކޮށިން އަރާ ދުމުގެ ސަބަބުން ތިނަދޫގައި ދިރިއުޅޭ ރައްޔިތުންނަށް އެތަކެއް ގެއްލުމެއް ލިބެމުންދާކަން ތިނަދޫ ކައުންސިލަށް ހަމަ ނޭނގެނީހެއްޔެވެ؟ ނޫނީ އެ ޕޯސްޓަކީ ކައުންސިލުން ބަޔަކާ ޒާތީ ގޮތުން ޖައްސާލައިގެން ކޮށްފައިވާ ޕޯސްޓެއް ހެއްޔެވެ؟

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ