
ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްސަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި 15 ޒުވާނުން ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ ޔޫތު ހަބްގެ ޓްރެއިނިންގ ރޫމްގައެވެ.
މި ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މި ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
މި ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.
މިއީ އެއްވެސް ފީއަކާ ނުލައި ހިލޭ ހިންގި ހަރަކާތެކެވެ.















.jpg?w=3840&q=75)