logoEN
cocacola
ސްޓްރީޓް ހަބް - ސިއްޙަތަށް ޚާއްސަ މެނޫއަކާއި ތަފާތު ކޮންސެޕްޓެއް!

ސްޓްރީޓް ހަބް - ސިއްޙަތަށް ޚާއްސަ މެނޫއަކާއި ތަފާތު ކޮންސެޕްޓެއް!

އަޙްމަދު ޖަމީލު

logo

11/14/2020, 4:53:15 PM

IMG_2160

undefined

ގޮސިޔާ

ޒަމާނާ އެއްގޮތަށް ހުރިހާ ކަމެއްވެސް ބަދަލުވަމުންދާ މަންޒަރު އެކި ދާއިރާތަކުން ހާމައަށް ފެންނަން ފަށައިފިއެވެ. ކޮންމެ ހިސާބަކަށް ބަލައިލިކަމަށްވާނަމަވެސް އެކަން އޮތީ އެހެންނެވެ. ދާދި ފަހުން ގދ. ތިނަދޫގައި "ސްޓްރީޓްހަބް"ގެ ނަމުގައި ހުޅުވި ރެސްޓޯރެންޓަށް ބަލާލުމުންވެސް އެކަން އެނގި ސާފުވެގެން ދެއެވެ. ތަނުގެ އެތެރޭގެ މާހައުލުވެސް އެހާ ހިތްގައިމެވެ. އެހާ ކްރިއޭޓިވް އެވެ.

ތިނަދޫ އެސްޓިއޯ ފިހާރައިގެ ގުދަން ކުރިމައްޗަށް ހުންނަ އިމާރާތުގެ ފުރަތަމަ ބުރީގައި ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުވި އެ ރެސްޓޯރެންޓުގެ ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އަލީ ޝަރީފްގެ ސިކުނޑިއެވެ. މުޅި ކޮންސެޕްޓް ޑިވެލޮޕްކޮށްފައިވަނީ އޭނާ އަމިއްލައަށެވެ. މުޅި ވިޔަފާރި ފެށިގެން ދިޔަގޮތް އޭނާ ވަނީ "ގާފު"އަށް ދިން ޚާއްސަ އިންޓަވިއު އެއްގައި ހިއްސާކޮށްފައެވެ.

ގދ. ތިނަދޫއަށް އުފަން އަލީ އަކީ އެންމެ ކުޑައިރުއްސުރެ ފިޓްނަސް ދާއިރާއަށް ލޯބިކުރި މީހެކެވެ. ސްކޫލު ދައުރުގައި އޭނާ އަކީ އެތްލީޓެކެވެ. އެއީ ފިޓްނަސް ދާއިރާއަށް އޭނާ ތައާރަފްވި ގޮތެވެ. އޭރުއްސުރެ އެ ދާއިރާއާ އޭނާ ވަރަށް ގާތެވެ. ސްކޫލް ބާސްކެޓް ބޯލް ޓީމާއި، ނެޝަނަލް ބާސްކެޓްބޯލް ޓީމުގައިވެސް އަލީ ވަނީ ހަރަކާތްތެރިވެއެވެ. ނަމަވެސް ސްކޫލު ނިމިގެން މަތީ ތައުލީމް ހާސިލްކޮށްފައިވަނީ އިންޖިނޭރިން ދާއިރާއިންނެވެ. އެއީ އޭނާގެ "ސްޕެޝަލިޓީ" ނޫންކަން އިޙުސާސްވުމާއެކު ދަތުރު ފެށީ ކުޑައިރުގެ އެ "ޕެޝަން" އަށް، ފިޓްނަސް ދާއިރާއަށް ޚާއްސަ ވުމަށެވެ. މިއަދު އޭނާ އަކީ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ޤާބިލް ޒުވާނެކެވެ. ހުވަދު އަތޮޅަށް އުފަން ހުނަރުވެރި ޝަޚްސިއްޔަތެކެވެ.

undefined

"އޮޓޯ އިންޖިނޭރިން ކޯސް ފުރިހަމަކުރިތަނާހެން ރަނގަޅު ވަޒީފާއެއްވެސް ލިބުނު އެއާޕޯޓް މެކޭނިކް ލެވެލް ތިނެއްގެ. ގިނަ ދުވަސްތަކެއްވަންދެން އެ ޖޮބްގަ އުޅެފަ ހިތަށް އެރީ އެއީ އެއް ނޫނޭ ބޭނުންވާ އަސްލު ޖޮބަކީ. ދެން އެނބުރި އަނެއްކާ ފީލްޑަށް އައީ. ދެން ބަދަލުވީ ރިސޯޓަކަށް. އޭރުވެސް ބޭނުންވީ ރާއްޖޭގަ އޮތް އެންމެ ރަނގަޅު ރިސޯޓަށް ދާން. ފުރަތަމަ ދިޔައީ ވަން އެންޑް އޮންލީ ރީތި ރަށަށް. އެކި ގައުމުތަކުގެ ފިޓްނެސް އިންސްޓްރަކްޓަރުން ތިބި އެތަނުގަ. އަހަރެން އެކަނި ދިވެއްސަކަށް ހުރީ. އޭރު އަހަންނާމެދު އެމީހުން ދެކޭ ގޮތްވެސް ތަފާތު، ބުނާނެ ސްޓުޕިޑް މީހެކޭވެސް. ހަމަ ބޯއީއެއް ގޮތަށް އެމީހުން އަހަރެން ގެންގުޅުނީ،" ފީލްޑަށް ވަދެވުނު ގޮތް ކިޔައިދެމުން އަލީ ބުންޏެވެ.

އަލީ ކިޔައިދިން ގޮތުގައި އެ ރިސޯޓުގައި ހޭދަކުރި ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ރިސޯޓުގެ ސްޕާގެ ސުޕަވައިޒަރެއްގެ މަގާމާއި މެނޭޖަރުގެ މަގާމު އޭނާ ވަނީ އަދާކޮށްފައެވެ. އަދި އެ ރިސޯޓަކީ ހައި ކްލާސް ސެލެބްރިޓީން އަންނަ ރިސޯޓަކަށް ވުމުން މަޝްހޫރު އެތައް ބަޔަކަށް ޓްރެއިނިން ދެވިފައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އެފަދަ ސެލެބްރިޓީންނާއެކު ހޭދަވި ދުވަސްކޮޅުގައި ލަންޑަނުގައި ހުންނަ ހޮޓެލް ބަލްގޭރީގެ ވެރިޔާއާ ބައްދަލުވެ ސީދާ އެ ހޮޓެލުގައި މަސައްކަތް ކުރުމުގެ ފުރުސަތު އަލީއަށް ލިބުނެވެ.

"ކްލީން އެންޑް ލީން ކިޔާ ބްރޭންޑެއް. އެވެސް ހެލްތީ ކޮންސެޕްޓެއްގެ ބައެއް. އެއީ މޮޑެލުން ތަމްރީން ކުރާ ކުންފުންޏެއް. އެކުންފުނީގަ ހަތަރު އަހަރު މަސައްކަތް ކުރިން. އަދި ވަން އެންޑް އޮންލީ ރިސޯޓުގެ މެނޭޖަރާއެކު ދެ ޕްރޮޕަޓީއެއްގެ ހެލްތީ ލައިފްސްޓައިލް ކޮންސެޕްޓް ޑިވެލޮޕްކޮށް ޕްރީއޮޕެނިން ހެދިން. އަދި އެ ރިސޯޓުތައް ފުލް އޮޕަރޭޝަނަށް ގެނައިން. ޖުމްލަ 6 ރިސޯޓެއް ހެލްތީ ލައިފްސްޓައިލް ކޮންސެޕްޓްގައި ޕްރީއޯޕަނިން ހެދިން. ދެން އެފަހުން މާމުޓާ ރިސޯޓުގައި ހުރުމަށްފަހު ކޮވިޑާ ގުޅިގެން ރަށަށް އައީ،" މުޅި ކެރިއަރ ޚުލާސާކޮށް ކިޔައިދެމުން އަލީ ބުންޏެވެ.

މުޅި އުމުރު ރަށުން ބޭރުގައި އުޅުމަށްފަހު އެނބުރި ރަށަށް އައިސް އަލީގެ މަގްސަދަކަށްވީ ރަށަށް ކުރިއެރުން ހޯދުމެވެ. އެގޮތުން ރަށުގެ ފިޓްނެސް ދާއިރާ ކުރިއެރުވުމަށް އޭނާ ފުރަތަމަ ކުރި މަސައްކަތަކީ "ވޮންޑާވުމަން ފިޓްނެސް ސެންޓަރ" އެވެ. އެ ސެންޓަރު ހުޅުވުމަށް އޭނާ ވަނީ އެ ދާއިރާއިން އަންހެން ކަނބަލުން ތަމްރީންކޮށްފައެވެ. އަދި އެ ތަނުގެ އެހީއާއެކު މިއަދު ގިނަ އަދަދެއްގެ އަންހެން ކަނބަލުންނެއް ދަނީ ދުޅަހެޔޮ ސިއްޙަތަކާ ދިމާލަށް މިސްރާބު ޖަހާފައެވެ. އެހިސާބުން އަލީގެ އުއްމީދު އާވެ އިތުރު މަސައްކަތެއް ފެށުމަށް ނިންމިއެވެ. އެއީ ސްޓްރީޓް ހަބެވެ.

undefined

އަލީ އަކީ އެމެރިކަން ކައުންސިލިން އޮފް އެކްސަސައިޒް، ސްޕޯޓް ނިއުޓްރިޝަން ސްޕެޝަލިސްޓު ކޯހާއި ދާއިރާއާ ގުޅޭ ގިނަ ކޯސްތަކެއް ފުރިހަމަކޮށްފައިވާ ފަރާތެކެވެ. އެހެން ކަމުން ލިބިފައިވާ ޢިލްމުގެ ޒަރީޢާއިން ރަށަށް ފައިދާއެއް ހޯދައިދިނުމަށް ސްޓްރީޓްހަބް ވުޖޫދަށް ގެނައީއެވެ.

ސްޓްރީޓްހަބްގެ އައިޑިއާ އަކީ ވޮންޑަރ ވުމަން ސްޓޫޑިއޯ ތެރެއިން ޑިވެލޮޕްވާން ފެށި ކޮންސެޕްޓެކެވެ. ދުޅަހެޔޮ ސިއްޙަތަކަށް ހަމައެކަނި ކަސްރަތް ކުރުމުން ނުފުދެއެވެ. އެއާ އެއްކޮށް ކެއުންވެސް ޑައިޓް ކުރަން ޖެހެއެވެ. އެހެން ކަމުން އަލީ ނިންމީ އެ ޚިދުމަތްތައް ލިބޭ ރެސްޓޯރެންޓް ވިޔަފާރިއެއް ފެށުމަށެވެ.

"ބައެއް މީހުންނަކީ ބަލި މީހުން. މިސާލަކަށް ޑޮކްޓަރު ބުނެފަ އޮވެދާނެ ވަކިއެއްޗެއް ކާން. ސިއްހީ މައްސަލަ ހުންނަ މީހުން. މިސާލަކަށް ޑައިބެޓިކްސް، ހިތުގެ ބަލިތައް އެކަހަލަ މީހުންނަށް ހުންނާނެ ކާން ރިކޮމެންޑެޑް ޑައިޓްތަކެއް. އެ އެއްޗެހި ނުހުރޭ ރެސްޓޯރެންޓެއްގަ ލިބޭކަށް. ކޮންމެ މީހަކުވެސް އަރާނީ ހަމަ ހޮޓަލަކަށް. އެންމެވެސް ކާނީ އެކައްޗެއް. އެއީ އަހަންނަށް މި އައިޑިއާ އައި ގޮތަކީ. މެނޫގަވެސް އިންނާނެ ކޮންމެ ޑިޝްއެއްގައި އެކުލެވިގެންވާ ކެލެރީސްގެ އަދަދު ޖަހާފަ. އެހެން ކަމުން އެމީހަކު ބޭނުންވާ މިންވަރަކަށް ކެލޮރީސް ހުރި ކެއުމެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ،" އަލީ ކިޔައިދިނެވެ.

މީގެ އިތުރުން ސްޓްރީޓްހަބްގެ މެނޫގައި ޕްރޮޓީން ޝޭކްތައްވެސް ވަނީ ހިމަނާފައެވެ. އަދި ތާޒާ މޭވާއިން އުފައްދާ ޖޫހުގެ ބާވަތްތަކަށް "ބިއުޓީ ފުޑްސް"ގެ ނަމުން ވަނީ ނަންދީފައެވެ.

undefined

"މި ހުންނަނީ ވަރަށް ހެލްތީ އޮޕްޝަންތަކެއް. މިސާލަކަށް ބްރެކްފާސްޓް ނަގާ މީހާއަށް ފެނު ކެއްކި ބިހެއް ނުވަތަ ޕޭން ކޭކް. އެފަދަ އޮޕްޝަންތަކެއް އެބަހުރި. އެ އޮޕްޝަން އަސްލު ދޭން ބޭނުންވަނީ،" އަލީ ކިޔައިދިނެވެ.

އަލީ ބުނީ، ތިނަދޫއަކީ ހެލްތީ ކޮންސެޕްޓުތަކަށް އެހާ ހޭލުންތެރި މުޖުތަމައެއް ނޫން ކަމަށާއި، އޭނާގެ އަމާޒަކީ އެ ހޭލުންތެރިކަން އިތުރުކޮށް ރަށުގެ މުޖުތަމައު އަކީ ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުން ކަމަށެވެ. އަދި އެކަމަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށާއި އެކަންކަމަށް ޝުކުރު އަދާ ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ސްޓްރީޓް ހަބް އަކީ ހަމައެކަނި ރެސްޓޯރެންޓެއް ނޫނެވެ. އެތަނަކީ ތިން ކޮޓަރި ހިމެނޭ ތަނެކެވެ. ރަށުން ބޭރުން އަންނަ މީހުންނަށް އެތަނުގައި ތިބެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ