އިންޑިޔާގެ ބްރިޖެއްގެ ދަށުގައި މަތިންދާބޯޓެއް ތާށިވެއްޖެ

އެއާ އިންޑިޔާގެ މަތިންދާ ބޯޓެއް، އިންޑިޔާގެ އޯވަރ-ބްރިޖެއްގެ ދަށުގައި ތާށިވެފައި ހުރިތަން ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މި މަތިންދާބޯޓަކީ މިހާރު އެއާ އިންޑިއާއާ އެއްވެސް ގުޅުމެއް ނެތް ބޯޓެއް ކަމަށް މަޢުލޫމާތުލިބެއެވެ. އަދި މި ބޯޓަކީ ޑީރަޖިސްޓަަރ ކޮށް، ވިއްކާލާފައިވާ ބޯޓެއްކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި މި ބޯޓުގެ ފިޔަގަނޑުތައް ހުރީ ނައްޓާލާފައެވެ. އަދި އެ މަގުން ދުއްވާ އެއްޗެހި ދުއްވާތަންވެސް ފެނެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ބޯޓު ބްރިޖް ދަށުގައި ތާށިވެފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވަނީ ވެފައެވެ. މި މަންޒަރު ފެންނަ ވީޑިއޯ ޔޫޓިއުބް އަދި ޓުވިޓަރ އިން އެއްތައް ބަޔަކު ބަލާފައިވާއިރު ގިނަ ބަޔަކު ވަނީ މި ބޯޓު ތާށިވީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.

ކޮމެންޓް

ކިޔުންތެރިންގެ ޚިޔާލުތައް

  1. ރް ޓްއަރިސްޓް އެޓްރެކްޝަން ޕަބްލިކް ސްޓަންޓަކާއި ވައްތަރީ ..

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް