ފަލަސްތީނުގެ ރައީސްގެ އިންޒާރު އިޒްރޭލަށް!

އެއް އަހަރު ދުވަސްތެރޭ ފަލަސްތީނުގެ ބިމުން އިސްރާއިލް ނުފައިބައިފި ނަމަ 1967 ގެ ކުރިން ބޯޑަރު އޮތް ގޮތުގެ މައްޗަށް ބިނާކޮށް ޔަހޫދީ ދައުލަތެއް ފަލަސްތީނުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ ފަލަސްތީނުގެ ރައީސް, މަޙްމޫދު އައްބާސް އިޒްރޭލަށް އިންޒާރު ދެއްވައިފިއެވެ.

އދ. ގެ އާއްމު މަޖިލީހުގައި ވާޗުއަލްކޮށް ވާހަކަދައްކަވަމުން މަހްމޫދު އައްބާސް ވިދާޅުވީ އދ. ގެ ގަރާރުތަކާ އެއް ގޮތްވާ ގޮތުގެ މަތިން މުޅި އަހަރު އެއްކޮށް މަސައްކަތް ކޮށްގެން ވެސް އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް ގާއިމްކުރުމުގެ މައްސަލަ ހައްލު ކުރަން ފަލަސްތީނު ރައްޔިތުން ތައްޔާރަށް ތިބި ކަމަށެވެ.

މަހްމޫދު އައްބާސް، އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އަށް ގޮވާލެއްވީ ބައިނަލްއަގްވާމީ ސުލްހައިގެ ކޮންފެރެންސެއް ބޭއްވުމަށެވެ.

"އަޅުގަނޑުމެން އިޒްރޭލަށް އަންގަން ޖެހޭ، ފަލަސްތީނުގެ ބިމަށް އަރައިގެން އުޅޭ އިޒްރޭލަށް، އެ ބިންތަކުން ދިޔުމަށް ލިބޭނީ އެއް އަހަރު ކަމަށް. އެއީ އިރުމަތީ ގުދުސް އާއެކު 1967 ގައި އިޒްރޭލުން ހިފި ފަލަސްތީނުގެ ބިންތައް ދޫކޮށް ދާން ދެވޭ މުއްދަތު،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ފަލަސްތީނު ދައުލަތުގެ ބިމަށް އިޒްރޭލުން އަރައިގެން އުޅޭތީ "އެކަމުގެ ގާނޫނީ ސައްހަކަމެއް ނެތް ކަމަށް" ކަނޑައެޅުމަށް ފަލަސްތީނުން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް މައްސަލަ ވައްދާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް